ads
އާލިއާ ބަޓް-
އާލިއާގެ ފެނު އަޑީގެ ފޮޓޯ ތަކަށް ބޮޑު ސަމާލުކަމެއް
ބޮލީވުޑުގެ ޒުވާން ބަތަލާ އާލިއާ ބަޓް، މިވަނީ ވޯގް އިންޑިއާގެ އޮކްޓޫބަރު މެގަޒިންގެ ކަވާއިން ފެނިގެންގޮސްފަ އެވެ. ފެނު އަޑީގައި ނަގާފައިވާ އެ ފޮޓޯ ޝޫޓަށް ގިނަ ބައެއްގެ ކަޅިތައް ވަނީ ހުއްޓިފަ އެވެ.
ބޮލީވުޑުގެ ޒުވާން ބަތަލާ އާލިއާ ބަޓް، މިވަނީ ވޯގް އިންޑިއާގެ އޮކްޓޫބަރު މެގަޒިންގެ ކަވާއިން ފެނިގެންގޮސްފަ އެވެ. ފެނު އަޑީގައި ނަގާފައިވާ އެ ފޮޓޯތަކަށް ގިނަ ބައެއްގެ ކަޅިތައް ވަނީ ހުއްޓިފަ އެވެ.

އާލިއާ ފެނިގެންދަނީ ނިއޯން ގްރީން ކުލައިގެ ހެދުމެއްގަ އެވެ. ފެނުގެ އަޑީގައި ނަގާފައިވާ އެ ފޮޓޯ ވަރަށް ފުރިހަމަ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތައުރީފުވެސް ކުރަމުންނެވެ.

އެ ފޮޓޯގެ އިތުރުން ވެސް އާލިއާ ވަނީ ވޮގްގެ ފެނު އަޑީގެ ޝޫޓިންތަކުގެ ތެރެއިން އިތުރު ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
View this post on Instagram

🧜‍♀️

A post shared by Alia 🌸 (@aliaabhatt) on


ކޮންމެއަކަސް އާލިއާގެ އެ ފޮޓޯތައް ވަރަށް ބޮޑަށް ސަޕޯޓަރުންނަށް ކަމުގޮސްގެން އެ ވާހަކަ ދައްކަމުން އަންނައިރު އެ ފޮޓޯތައް ފެނި ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. ބޮލީވުޑުގެ ބަތަލާ ސަމީރާ ރެއްޑީ އޭނާގެ ދަރިއަށް ބަލިވެ އިނދެ ނަގާފައިވާ ފޮޓޯތައް ފެނި އެކަން ކޮޕީ ކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަ ކުރިއެވެ.

ސަމީރާ، އޭނާގެ ބަނޑުބޮޑުއިރުގެ ފޮޓޯޝޫޓް ކުރިއަށް ގެންދިޔައީ ފެނު އަޑީގަ އެވެ. އެގޮތުން ނިއޯން ގްރީން ހެދުމެއްގައި އޭނާ ވެސް ފެނު އަޑީގައި އެ ފޮޓޯ ޝޫޓު ކުރިއަށް ގެންދިޔައިރު އެ ފޮޓޯ ޝޫޓަށް ވެސް ގިނަ ބައެއްގެ ލޯތައް ހުއްޓުނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް