ads
ކަހޯނާ ޕިޔާރް ހޭ އިން ކަރީނާ ނުފެނުނީ ކީއްވެ؟
މިހާރު ބޮލީވުޑް އެންމެ އުހުގަ ފިޔަޖަހަމުން އަންނަ އެއް ތަރިއަކީ ކަރީނާ ކަޕޫރު އެވެ. ނަމަވެސް ކަރީނާ ކެރިއަރު ފެއްޓުނީކީ އެހާ ފަސޭހަ ގޮތަކަށް ނޫނެވެ.

އުމުރުން 17 އަހަރުގައި ކަރީނާ ވަނީ ކޮލެޖަށް ދިއުން ހުއްޓާލާފަ ފިލްން އިންސްޓިއުޓް އަކަށް ދާން ފަށާފައެވެ. އެތާގަ އުޅެނިކޮށް ފިލްމް ކަހޯނާ ޕިޔާރްހޭ އިން ކަރީނާ އަށް ޗާންސް ލިބުނެވެ.

ކަހޯނާ ޕިޔާރް ހޭގެ ޝޫޓިން ފައްޓައިގެން ދުވަސްކޮޅެއް ނުވަނީސް ކަރީނާ ވަނީ އެފިލްމުގެ މަސައްކަތް ހުއްޓާލާފައެވެ. ކަރީނާ ބުނީ އޭނާ އެފިލްމުގެ މަސައްކަތް ހުއްޓާލީ އެފިލްމުން އޭނާއަށް އެއްވެސް ފައިދާ އެއް ވާނެ ކަމަށް ނުފެންނާތީ ކަމަށެވެ. އެއީ އެފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ ރިތިކް ރޯޝަން އަށް އެފިލްމުގެ ޑައިރެކްޓަރު ރިތިކްގެ ބައްޕަ ރާކޭޝް ރޯހަން ހާއްސަ މުހިއްމު ކަމެއް ދީގެން އުޅޭތީ ކަމަށް ކަރީނާ ބުނެއެވެ.

ފަހުން ކަރީނާ ވަނީ 2000 ވަނަ އަހަރު އަބީޝޭކް ބައްޗަން ލީޑް ރޯލުން ފެނިގެން ފިލްމް ރެފިއުޖީ އިން ފިލްމީ ދުނިޔެއަށް ތައާރަފް ވެފައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް