ads
ރައީސް ނަޝީދު
ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް ދެރި ދަރަންޏެއް: ނަޝީދު
ބޯހިޔާވަހިކަން ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުވާން ޖެހޭ ކަމަށާއި އެމްޑީޕީން ސަރުކާރުގައި ދެމި ތިބޭނަމަ އެއީ ރައްޔިތުންނަށް ދެރި ބޮޑު ދަރަންޏެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުމަށް ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތުގައި ދެއްކި އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކަ ކަމަށާއި ދެން ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ވާހަކަ ހުއްޓާނުލާއި ދައްކާނެ ކަމަށެވެ. 

މި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާންޖެހޭނެ ކަމަށާއި އެގޮތުން އެމްޑީޕީން ސިޔާސީ މަސައްކަތުގައި ދެމި ތިބޭނަމަ ބޯހިޔާވަހިކަމަކީ ރާއްޖޭގެ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެއް ކަމަށެވެ. 

"ހާއްސަކޮށް މި މާލޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށް. އެންމެ ފަހުން ނިކުތް އިންތިހާބުގައި ވެސް އަޅުގަނޑުމެން ބުނިން ގޯތި ކަނޑާފައި ދޭނަމޭ. އޭނާ އެބަ އަހާ އަޅުގަނޑު ގާތުގައި ކޮބާހެއްޔޭ ބިންކޮޅު، އޭނާ އެބަ އަހާ އަޅުހަނޑު ގާތުގައި ކޮބާހެއްޔޭ ތިމަންނާގެ ފްލެޓް. ތިމަންނާގެ ބޯހިޔާވަހިކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ހަޔާތުގައި ބިނާވެފައި އޮންނާނީ ބޯހިޔާވަހިކަމާއި ގުޅިގެން ރައްޔިތުންނަށްވި ވައުދު ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އެގޮތުން އެކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިތުބާރުކުރައްވާ ކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންތިޒާމުވެގެން ރާއްޖޭގެ ރައްޔިތުންނަށް މިހާތަނަށް ބޯހިޔާވަހިކަން ލިބިފައި ވަނީ އެމަނިކުފާނު ކުރެއްވި މަސައްކަތުން ކަމަށެވެ. އެގޮތުން ރައްޔިތުން ވަދެގެން މިހާރު އުޅޭ ފްލެޓްތަކަކީ އެމްޑީޕީގެ ނިޒާމުން، ކޮންޓްރެކްޓުން އަޅާފައިވާ ފްލެޓްތަކުގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ މުޅި ފަސް އަހަރު ހޭދަވީ ފްލެޓް އެޅުމުގައި ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ވަނީ އެ ކޮންޓްރެކްޓާ އެއްގޮތަށް ފްލެޓްތަކަށް މީހުން ވައްދާފައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ތިބޭފުޅުންގެ އުއްމީދުތައް ބޮލާލާ ޖަހައެއް ނުދާނެ،. އިރާދަކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް، ކުޅުދުއްފުއްޓަކަސް ފުވައްމުލަކަކަސް އައްޑޫއަކަސް، ބައިބޯ ކޮންމެ ރަށަކަށް ވިޔަސް، ބޯހިޔާވަހިކަން މިދަނީ އިންތިހާއަކަށް މައްސަލައަކަށްވެގެން. އެ މައްސަލަ ގުނަވެގެން ގުނަވެގެންވާނެ ގޮތް މާލެއިން މި ފެންނަނީ. ރާއްޖޭގެ ހުރިހާ ރަށެއް އެހެން ވާކަށް ނޭދެން،"

އޭގެ އިތުރުން ކައުންސިލަށް ފްލެޓް އެޅުމުގެ ޖާގަ ގާނޫނުން ތަންދޭކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެހެންކަމުން، އެކަން ނުކޮށް ދެއްކޭނެ ހުއްޖަތެއް ވެސް ނެތް ކަމަށެވެ.، އެ ބާރުތަކާއެކު އެމްޑީޕީގެ މެމްބަރުން ނިކުމެ، އެކަންކަން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް