ads
ރައީސް ސޯލިހް
އަމިއްލަ ވިޔަފާރިތަކުންވެސް މުވައްޒަފުންނަށް ވެކްސިން ދިނުމަށް ރައީސް އެދިލަށްވައިފި
އަމިއްލަ ވިޔަފާރިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

ރައީސް މިކަމަށް އެދިލަށްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ދިިރިއުޅޭ ލިޔެކިޔުން ނެތް ބިދޭސީންނަށް ހިލޭ ވެކްސިން ދިނުމުގެ ޕްރޮގުރާމު ފެށުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށެވެ.

އަދި  އަމިއްލަ ވިޔަފާރިތަކުން އެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ވެކްސިން ދިނުމުގެ މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުން ރާއްޖެއަށް އަރައިގަނެވޭނޫ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

އެޗްޕީއޭ އިން އާއްމުކުރި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިއްޔެ 3،993 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާއިރު މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 145 މީހުންނެވެ. 

އަދި މާލެއިން ބޭރުގެ އަދަދުތަކަށް ބަލާއިރު އަތޮޅުތަކުން 10 މީހަކާއި ރިސޯޓުތަކުން 24 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި އިންޑަސްޓްރިއަލް އައިލެންޑްތަކުން ފަސް މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން އާންމުކުރި އަދަދުތަކަށް ބަލާއިރު، މާލެ ސަރަހައްދުން އިއްޔެ 4،825 މީހުންނާއި، އަތޮޅުތެރޭން 2498 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.މިއާއިއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 98،311 އަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް