ads
އައްޑޫ ސިޓީ
އައްޑޫސިޓީ އިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 87 އަށް
އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 87 އަރައިފި އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އައްޑޫން އެކަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާއިއެކު އައްޑޫން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 87 އަށް އަރާފަ އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިހާތަނަށް 455 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި 127 ބިލްޑިންއެއް ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫން 47 މީހަކު ބަލިން ފަސޭހަވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދު އުޅެނީ 40 ގައި ކަމަށް ވެސް އެ ސެންޓަރުން ހާމަކުރެ އެވެ.

އައްޑޫ ހިތަދޫން 22 ކޭސް ފެނިފައި ވާއިރުގައި މަރަދޫ ފޭދޫން ހަތަރެއް އަދި ފޭދޫން 17 ކޭސް، މީދޫން ނުވަ ކޭސް އަދި އެމްޓީސީސީ ކްލަސްޓާއިން 35 ކޭސް ފެނިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް