ads
މޮސްޓާ ހައްޔަރު ކުރަނީ
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހައްޔަރު ކޮށްފި
އިދިކޮޅު މުޒާހަރާ ނުފެށެނީސް މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ ވަަޑައިގެންފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހައްޔަރު ކޮށްފިއެވެ.

މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގުންނެވެ.

އޭނާގެ އިތުރުން، މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.

އެގޮތުން މީގެ އިރުކޮޅެއް ކުރިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ހައްޔަރު ކޮށްފައެވެ. އަދި މުހައްމަދު ނަޝީދު (ކާނަލް) ވަނީ އެ މުޒާހަރާ ފެށުމުގެ ކުރިން ހައްޔަރުކޮށްފައެވެ.

އިތުރު ތަފްސީލު އަންނަނީ...

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް