ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ބޭރުކުރީ 92.9 މިލިއަން ޑޮލަރު: އެމްއެމްއޭ
މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުކޮށްފައިވަނީ 92.9 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ވާގޮތުން، ކޮވިޑުގެ ސަބަބުން ރެމިޓެންސް ބިޒްނަސް ނުވަތަ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ވިޔަފާރިތައް މަޑުޖެހުނެވެ. 

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެެ އަދަދު އިތުރުވެފައި ވީނަމަވެސް ހަތަރުވަނަ ކުއާޓާގައި ރެމިޓެންސްގެ ގޮތުގައި ބޭރުކުރި ފައިސާގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ރެމިޓެންސްގެ ގޮތުގައި 15.4 މިލިއަން ޑޮލަރު ބޭރުކުރި އިރު، އެއީ ތިންވަނަ ކުއާޓާރާ އަޅާބަލާއިރު 43 އިންސައްތަ މަދު އަދަދެކެވެ. 

އަހަރުން އަހަރަށް ބަލާނަމަ، 2019 ވަނަ އަހަރަށްވުރެ 2020 ވަނަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު ވަނީ 17.7 މިލިއަން ޑޮލަރު އިތުރު ވެފައެވެ. އެއީ 24 އިންސައްތައިގެ އިތުރު ވުމެކެވެ. 

އެމްއެމްއޭގެ ބުލެޓިންގައި ފާހަގަ ކޮށްފައިވާގޮތުން، މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ 44 އިންސައްތަ އަކީ ބަންގްލަދޭޝްއަށް ފޮނުވި ފައިސާއެވެ. އަދި 19 އިންސައްތަ ފައިސާ ފޮނުވާފައިވަނީ އިންޑިއާއަށެވެ. 

އަދި ރެމިޓެންސްގެ ގޮތުގައި ރާއްޖެއަށް އެތެރެކުރި ފައިސާ ނުވަތަ އިންވާޑް ރެމިޓެންސްގެ ގޮތުގައި ރާއްޖެއަށް ވަދެފައި ވަނީ 12.8 މިލިއަން ރުފިޔާއެވެ. އެގޮތުން އެންމެ ގިނަ ފައިސާ ވަދެފައިވަނީ ޔޫއޭއީންނެވެ. އިންވާޑް ރެމިޓެންސް ފައިސާގެ 18 އިންސައްތައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް