ads
މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މުޒާހަރާކުރަން އަދުރޭމެން ގެންގުޅޭ ސްޓްރެޖީ ވަރަށް ރަނގަޅަށް އެނގޭ: މިނިސްޓަރު އިމްރާން
މުޒާހަރާކުރުމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މެން ގެންގުޅޭ އުކުޅު ވަރަށް ރަނގަޅަށް އެނގިލައްވާކަމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި މިވަނީ، އިހުތިޖާޖު ކުރަން ހުރަސްއެޅި ކަމުގައި ވިޔަސް އެއްވުން ކުރިއަށްދާނެކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން އެކޯލިޝަން ހިންގުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމަށްފަހު ޕީޕީއެމް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ވަނިކޮށެވެ. 

މިނިސްޓަރު އިމްރާން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މުޒާހަރާ ކުރިއަށް ގެންދެވުމުގައި "އަދުރޭމެން" ގެންގުޅުއްވާނެ ސްޓްރެޓެޖީ "އަޅުގަނޑުމެންނަށް" ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. 

މިނިސްޓަރު އިމްރާން މިހެން ވިދާޅުވިއިރު، މިއަދުގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން ފުރުސަތު ދީފައެއް ނުވާކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ކުރިމައްޗަށް އެއްވިޔަ ނުދީ، އެސަރަހައްދުގައި ބެރިކޭޑް ޖަހައި ބަންދުކޮށް ފުލުހުންވަނީ މުޒާހަރާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި އެއްވުން ރޫޅާލާފައެވެ.

މިއަދުގެ އިހުތިޖާޖު ފެށުމުގެ ކުރިން، ފުލުހުންގެ އިތުރުން ހޯމް މިނިސްޓްރީންވެސް ވަނީ، އިހުތިޖާޖުތަކުގައި ބައިވެރިނުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ. އަދި މުޒާހަރާގެ ތެރެއިން އިދިކޮޅު ކޯލިޝަންގެ ބައެއް އިސް ފަރާތްތައް ހިމެނޭގޮތަށް 28 އަށްވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް