ads
ފުވައްމުލައް——ފުޓޯ:ޑެސްޓި މެޕް
ފުވައްމުލަކުގައި އަނެއްކާވެސް އިތުރު އެއް ހަފްތާއަށް ކާފިއު ދަމަހައްޓައިފި
ފުވައްމުލަކު ސިޓީގައި ކޮވިޑް ފެތުުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް އިތުރު އެެއް ހަފްތާއަށް ދަމަހައްޓަން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއެކުރައްވައި އެޗްޕީއޭއިން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިމަހުގެ 12 ވީ ހުކުރު ދުވަހު ފުވައްމުލަށް ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް އިތުރު އެއް ހަފްތާގެ މުއްދަތަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.  

ފުވައްމުލަކުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް މިމަހުގެ 12 ވަނަ ދުވަހު އެޅި ފިޔަވަޅުތައް މީގެކުރިންވެސް ދަމަހައްޓަން ނިންމިއެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހު އެ ފިޔަވަޅުތައް ދަމަހައްޓަން ނިންމީ އިތުރު 1 ހަފްތާއަށެވެ. އަދި މިއަދު އަނެއްކާވެސް އެ ފިޔަވަޅުތައް އިތުރު 1 ހަފްތާއަށް ދަމަހައްޓަން ނިންމުމުން، އެސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. 

ފުވައްމުލަކުން ކޮވިޑްގެ ކޭސްތައް ފެނި އެސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 08:00 އިން ފެށިގެން ފަތިހު 04:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމުގެ އިތުރަށް، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މީގެއިތުރުންވެސް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް