ads
ވަހީދު
ލީޑަރުން ހައްޔަރުކުރިޔަސް މައްސަލަތައް ހައްލެއް ނުވާނެ: ވަހީދު
އިދިކޮޅު ޕާޓީގެ އޮފީސް ބަންދުކޮށް، އިދިކޮޅު ލީޑަރުން ހައްޔަރުކުރިޔަސް، ސަރުކާރުގައި ހުރި މައްސަލަތައް ހައްލުނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އިދިކޮޅުގެ އިސްވެރިން ވެސް ހިމެނެ އެވެ.

ހަވީރު ކުރިއަށްދިޔަ އެ މުޒާހަރާގައި އެސްއޯ ފުލުހުން، ޕީޕީއެމް އޮފީސް ކުރިމަތީގައި ސަފަކަށް އެތުރިގެން ތިބި ފޮޓޯއެއް ހިއްސާކޮށް، ކުރީގެ ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު އޮފީހުގެ މައި ދޮރު ބަންދުކޮށް، އިދިކޮޅުގެ ލީޑަރުން ހައްޔަރުކުރުމުން ސަރުކާރުގައި ހުރި މައްސަލަތައް ހައްލެއް ނުވާނެ ކަމަށެވެ. 

ވަހީދު ވަނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ އިތުރުން ހައްޔަރުކުރި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ވެސް ގޮވާލައްވާފަ އެވެ.

ފްލެޓް ކޮބާގެ ނަމުގައި އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅާފަ އެވެ. އެ ފުރުސަތު ނުދިނުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި އިކޮޅުން އަޑު އުފުލި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް