ads
ކަރަންޓީނާއި ހިލާފުވި ދެ މީހުން--
ކަރަންޓީނާ ހިލާފުވެ ލޯބިވެރިޔާއާ ބައްދަލުކުރި މީހާ ޖަލަށް
ސިންގަޕޫރުގައި ހޮޓަލެއްގައި ކަރަންޓީނުގައި ހުރި މީހަކު އުސޫލާއި ހިލާފަށް ހޮޓަލުން ނިކުމެ، ލޯބިވެރިޔާއާ ބައްދަލުކުރި މައްސަލައާ ގުޅިގެން އޭނާ ދެ ހަފްތާއަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ، އުމުރުން 52 އަހަރުގެ ނައިޖެލް ސްކެއާ ވަނީ ހޮޓަލުގެ އިމަޖަންސީ ސިޑިން އަރާއި އޭނާގެ އުމުރުން 32 އަހަރުގެ ލޯބިވެރިޔާ، އަގަތާ މަގޭޝް އެޔަމަލައިއާއެކު ނުވަ ގަޑިއިރު ހޭދަކޮށްފަ އެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ހާދިސާ ހިނގިއިރު އެ ދެމީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެކަމަކު މިހާރު ވަނީ ކައިވެނިކޮށްފަ އެވެ.

ކަރަންޓީނާ ހިލާފުވި މައްސަލައާ ގުޅިގެން ނައިޖެލް ސްކެއާއަށް ދެ ހަފްތާގެ ޖަލު ހުކުމަކާއެކު 1000 ސިންގަޕޫރު ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި އަންހެން މީހާއަށް އިއްވީ ހަފްތާއެއްގެ ޖަލު ހުކުމެކެވެ. 

ސިންގަޕޫރުގައި، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހޭދަކުރަން ޖެހެ އެވެ.

މިމަހުގެ ކުރީކޮޅު ފިރިހެން މީހާ ވަނީ އޭނާ ކަރަންޓީނާ ހިލާފުވި ކަމަށާއި މާސްކް ނާޅާއި އުޅުން ކަމަށް ވެސް އެއްބަސްވެފަ އެވެ. ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު ފިރިހެން މީހާ ވަނީ އަންހެން މީހާއާ ބައްދަލުކުރުމަށް ތިން ފަހަރެއްގެ މަތިން، އޭނާ ކަރަންޓީނުގައި ހުރި ކޮޓަރިން ނިކުމެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް