ads
ހދ. ހަނިމާދޫ-- ފޮޓޯ: ސޯޝަލް މީޑިއާ
ޑިޓޮކްސް ސެންޓަރުން މަރުވި މީހާގެ ހަށިގަނޑު މާލެ ގެންނަނީ
ހދ. ހަނިމާދޫ ގައި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހިންގަމުން އަންނަ ޑިޓޮކްސް ސެންޓަރުގައި މަރުވި މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހީމް އަލީ ވިދާޅުވީ، އެމީހާގެ ކޮވިޑް ސާމްޕަލް ނެގަޓިވް ކަމަށެވެ.

މިހާރު އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިބްރާހީމް ވިދާޅުވި އެވެ. ނަމަވެސް އެމީހާގެ ހަށިގަނޑު މާލެ ގެނެވޭނެ ވަގުތަކާއި، އެނާގެ ހަށިގަނޑު ގެންނާނެ ފްލައިޓެއް އަދި ކަށަވަރު ނުވާ ކަމަށް އިބްރާހީމް ވިދާޅުވި އެވެ.

މަރުވެފައި ވަނީ ހަނިމާދޫގައި ހުންނަ ޑިޓޮކްސް ސެންޓަރުން ފަރުވާ ހޯދުމަށް މިމަހު 23 ގައި އެރަށަށް ގޮސް، ކަރަންޓީނުގައި ހުރި މީހެއް ކަމަށް ފުލުހުން ސީއެންއެމްއަށް މައުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް