ads
ކްރިސް ގޭލް
ކްރިސް ގޭލް އަލުން ގައުމީ ޓީމަށް
ވެސްޓް އިންޑީސްގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ކްރިސް ގޭލް، ދެ އަހަރަށް ފަހު އަލުން ގައުމީ ޓީމުގައި ހިމަނައިފި އެވެ. ކްރިސް ގޭލް ހިމެނޭ ގޮތުން ވެސްޓް އިންޑީސްގެ ޓީމު އެކަލަވާލާފައިވަނީ އަންނަ ހަފުތާގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ތިން މެޗަށެވެ.

އަންނަ ހަފުތާގައި ވެސްޓް އިންޑީސްގައި ސްރީލަންކާއާ ދެކޮޅަށް ޓުވެންޓީ ޓުވެންޓީ ތިން މެޗުގެ ސީރީޒްއެއް ކުޅެން ރާވާފައިވާއިރު މި މެޗުތައް ވެގެންދާނީ ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުން ގޭލް ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗުތަކަށެވެ. އެންމެ ފަހުން ގޭލް ގައުމީ ޓީމަށް ކުޅެފައިވަނީ ދެހާސް ނަވާރަވަނަ އަހަރު ވެސްޓް އިންޑީސްއާ އިންޑިޔާ ކުޅުނު ވަންޓޭ އިންޓަނޭޝަނަލް މެޗެވެ.

އުމުރުން ސާޅީސް އެއް އަހަރުގެ ކްރިސް ގޭލް އަލުން ގައުމީ ޓީމަށް ނެގިއިރު، މި މުއްދަތުގައި އޭނާވަނީ އެކި ކްލަބުތަކަށް އެންމެ މަތީ ފެންވަރުގައި ކުޅެފައެވެ. އެންމެ ފަހުން އޭނާ ކުޅެފައިވަނީ ޕާކިސްތާނު ސުޕަރ ލީގުގައެވެ. އޭނގެ ކުރިން މި ދިޔަ އަހަރުގެ ފަހުކޮޅު އޭނާވަނީ އިންޑިއަން ސުޕަރ ލީގު- އައިޕީއެލްގައި މޮޅު ކުޅުމެއް ދައްކާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް