މުތީއު--
އެކްސިޑެންޓުގައި މަރުވި މުތީއު، 2017 ގައި ސަލާމަތްވީ ކިރިޔާ!
Share
މިއަދު ހަވީރު ފުވައްމުލަކު ސިޓީގެ ފުނާޑު އަވަށުގެ ނައިބު ތުއްތު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދެ ޒުވާނެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އެ އެކްސިޑެންޓުގައި އުމުރުން 19 އަހަރުގެ އަހުމަދު މުތީއު އަދި 24 އަހަރުގެ އަމިލް އަހުމަދު މަރުވީ އެމީހުން ދުއްވަމުންދިޔަ ކާރު ކޮންޓްރޯލުން ނައްޓާ، ކިނބި ގަހެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގަ އެވެ.
Advertisement

މުޅި ކާރު ފުނޑުފުނޑުވެ، ދެ ޒުވާނުން އޭގެ ތެރޭގައި ތާށިވިއިރު އެ ސަރަހައްދުގައި އޭރު ތިބި މީހުން ބުނާ ގޮތުންނަމަ އެ ވަގުތަކީ މަގުމަތީގައި ވެސް އުޅަނދު ފަހަރު މަދު ވަގުތެކެވެ. 

ދެ ޒުވާނުން ކާރުގައި ތާށިވެފައިވަނިކޮށް މާގިނަ އިރުތަކެއް ނުވެ އެތަނުން އެކަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު އޭނާ ވަނީ 16:56 ހާއިރު މަރުވެފަ އެވެ. އަދި ވިއްސަކަށް މިނެޓްގެ މަސައްކަތުން އަނެއް ޒުވާނާ، ކާރުގެ ތެރެއިން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދެވުނެވެ. އެކަމަކު އޭނާ ވެސް ވަނީ 17:04 ގައި މަރުވެފަ އެވެ. 

ކުއްލި ގޮތަކަށް މި ދެ ޒުވާނުން ވަކިވެގެން ދިޔައީ އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކުގަ އެވެ. ހާދިސާ ހިނގި ތަނަށް ދެ ޒުވާނުން ވެސް ހަބަރު ހުސްވެފައި އޮތްއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ދެ ޒުވާނުން ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

your imageކާރު އެކްސިޑެންޓްވެފައި--

ދެ ޒުވާނުން ދުނިޔެއާ ވަކިވެގެންދިޔައިރު މި އެކްސިޑެންޓުގައި މަރުވި އެއް ޒުވާނަކީ މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓަކުން ކިރިޔާ ސަލާމާތްވި ޒުވާނެކެވެ. އެގޮތުން މި އެކްސިޑެންޓްގައި މަރުވި މުތީއުއަށް 2017 ވަނަ އަހަރު ވެސް ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ވެސް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދީފަ އެވެ. 

އެ ފަހަރު އޭނާގެ ފުއްޕާމެއަށް ލޭ އެޅި ފުރާނަ ވެސް ސަލާމަތްކުރެވޭނެ ކަމަށް ޑޮކްޓަރުން އުއްމީދު ކަނޑާލި އެވެ. ގައިގެ އެތަން މިތަން ބިންދައިގެންގޮސް އެ ފަހަރު ވަނީ އޭނާއަށް އޭޑީކޭގައި ވެސް ފަރުވާދީފަ އެވެ. އަދި އެތަނުގައި ވެންޓިލޭޓަރުގައި ވެސް ފަރުވާދިނެވެ. އެކަމަކު އުއްމީދު ކަނޑާލި އެ ޒުވާނާގެ ހާލު ރަނގަޅުވިނަމަވެސް މިއަދު މިވަނީ އެކްސިޑެންޓެއްގައި އޭނާ ވެސް ވަކިވެގެން ގޮސްފަ އެވެ. 

9%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް