ads
ހެލްތު މިނިސްޓަރު ވެކްސިން ޖައްސަވަނީ--
ދަރަވަންދޫ މީހުން އުސޫލުތަކާއި ހިލާފުވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ
ބ. ދަރަވަންދޫގެ ރައްޔިތުން ކޮވިޑް-19 ގެ އުސޫލުތަކާއި ހިލާފުވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ދަރަވަންދޫގެ ރައްޔިތުން އެއްގޮތަކަށް ވެސް މާސްކް ނާޅާ ކަމަށެވެ. އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އުސޫލާ ހިލާފުވާނަމަ އެހާ ގިނަ ބަޔަކު ގޮސް ހަދާއި ރަށެއްގައި ކަންކަން ރަނގަޅަށް ނުދާނެ ކަމަށެވެ. 

މާސްކް ނާޅައި ރައްޔިތުން ބޭރަށް ނިކުމެ ހަދަމުން އަންނަ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލާ ހިއްސާކުރައްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ރަށްތަކުގައި މާސްކް އަޅައިގެން އުޅުން މަޖުބޫރީ މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ. އެ އެއާ ހިލާފަށް އަމަލުކުރާނަމަ، ރަށްރަށުގެ ޓާސްކް ފޯސްތަކުން ފިޔަވަޅު އަޅަން ޖެހެ އެވެ. 

އަތޮޅު ތެރޭގައި މާސްކް އެޅުން މަޖުބޫރުކުރީ ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އަތޮޅުތަކުގައި އިތުރުވުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް