ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ވެކްސިނާ ގުޅިގެން އދ. އިން ފާސްކުރި ގަރާރަށް މިނިސްޓަރުގެ މަރުހަބާ
ހަނގުރާމައާއި ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު މިހެން ވިދާޅުވީ، މި ގަރާރު ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން މި ގަރާރަކީ އެންމެންނަށް ވެކްސިން ދިނުމަށް ކުރެވޭ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އދ. އިން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ވަނީ އެ ދުވަހު އދ. ގެ ސެކިއުރިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި، ހަނގުރާމައާއި ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގަރާރެއް ފާސް ކޮށްފައިވާ ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް