ads
މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފަސް މީހުން ---
ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފަސް މީހުންގެ ވަނަވަރު އާންމު ކޮށްފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ފަސް މީހުން ހައްޔަރު ކޮށްފައިވަނީ މިމަހު 13 ވަނަ ދުވަހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ލ. ގަން ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫން، ލ. ގަން ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމް، ޏ. ފުވައްމުލައް ދިނގުވާނޑު، ނައި، އިސްމާއީލް އިފްހާމް މުހައްމަދު، ލ. ގަން ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު އަދި މއ. މަލިކުރުވާގެ، އަބްދުﷲ ސާޖިއު ހަސަން އެވެ.

މި މީހުން ހައްޔަރު ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފުލުހުން ވަނީ މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށްފަ އެވެ. އަދި މި ފަސްމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް