ads
މަންދު ކޮލެޖުގެ ގްރެޖުއޭޝަން ހަފުލާއެއްގެ ތެރެއިން--
ސްޓޫޑަންޓް ލޯނަށް އެދެވޭނީ ބުރާސްފަތި ދުވަހާ ހަމައަށް
މަތީ ތައުލީމް ހާސިލުކުރަން ބޭނުންވާ ޒުވާނުންނަށް އަމާޒުކޮށް ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަނުން ދަރިވަރުންނަށް ލޯނަށް އެދުމުގެ އެންމެ ފަހު މުއްދަތު ހަނދާންކޮށްދީ މިއަދު ޓްވީޓެއްކޮށްފައިވާއިރު އޭގައި ބުނީ އަންނަ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

ލޯނަށް އެދެން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ. 

އަދި މިފަހަރު ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުން ކަނޑައަޅާނީ ލޯނަށް ހުށަހެޅި ކުދިންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުންގެ ވަގުތީ ލިސްޓެއް އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަހުކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެ އެވެ. 

ލޯނު ބޭނުންވާ ދަރިވަރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ބެލުމަށްފަހު އާއްމުކުރާ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހަފްތާއެއްގެ މުއްދަތު ހޭދަވާނެ ކަމަށް ވެސް ވިދާޅުވެފައިވާއިރު ފުރަތަމަ 2 ހަފްތާގައި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު މައްސަލައެއް އޮތްނަމަ އެ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި އަދި އަލުން ހުށަހެޅުމުގެ ފުރުސަތެއްވެސް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެންމެ ފަހު ހަފްތާގައި އެޕްލިކޭޝަންތައް ހުށަހަޅައިގެން އެފަދަ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިފަހަރުގެ ސުޓޫޑެންޓް ލޯން ސްކީމުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޖާގަ ހަމަޖައްސާފައިވެ އެވެ. މީގެ އިތުރުން ކިޔަވާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ ކަމަށް މިނިސްޓަރު ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކަށް ރާއްޖެއިން ބޭރަށް ގޮސްގެން ކިޔެވުމުގެ ފުރުސަތު ވެސް ލޯން ސްކީމުން މި ފަހަރު ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިނަށް 20 ޖާގަ ވަނީ ހާއްސަކޮށްފައި ކަމަށާއި ރާއްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފުލްފަންޑިން ލިބޭނެ ސްކީމެއް ވެސް ވަނީ ތައާރަފްކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް އެ ލޯނަށް 300 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް