ads
ފޮޓޯ: މޯލްޑިވިއަން
އޮންލައިންކޮށް ޓިކެޓް ގަނެގެން މޯލްޑިވިއަނުން ހިލޭ ޓިކެޓެއް
ވެބްސައިޓާއި އެޕްލިކޭޝަނުން ޓިކެޓް ގަންނަ ފަރާތްތަކަށް ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ގައުމީ އެއާލައިނުން ފަށައިފި އެވެ.

މޯލްޑިވިއަނުން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މާޗު އެކަކުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދ ކޮންމެ ހަފްތާއަކު އެއް ފަހަރު ނަސީބުވެރިއަކު ހޮވާނެ އެވެ.

އެގޮތުން ޕްރޮމޯޝަނުގައި ވެބްސައިޓާއި އެޕްލިކޭޝަނުން ޓިކެޓް ގަންނަ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ.


މޯލްޑިވިއަނުން ވަނީ އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުން ކުރާ ޑޮމެސްޓިކް ދަތުރުތަކުގެ އަގުން 10 އިންސައްތަ ވެސް ހެޔޮކޮށްފަ އެވެ. އެއީ އޮންލައިންކޮށް ޓިކެޓް ގަންނަނަމަ ލިބޭ ޑިސްކައުންޓެކެވެ. 

ކޮވިޑާއި ގުޅިގެން މޯލްޑިވިއަނުން އަންނަނީ ޓިކެޓް އޮފީހަށް ގޮސް، ޓިކެޓް ގަތުމުގެ ބަދަލުގައި އޮންލައިންކޮށް އެ ހިދުމަތް ހޯދުމަށް ބާރު އަޅަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް