ads
އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ---ފޮޓޯ: ސަން
އެޗްޕީއޭގެ އެދުމާއި ހިލާފަށް ސްކޫލުތަކުގައި ކިޔަވައިދެނީ
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތު ހުރި ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިވަނީ ރާއްޖޭގެ ހުރިހާ ގްރޭޑުތަކެއްގެ ކިޔެވުން ބަންދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފަ އެވެ. އެހެންނަމަވެސް މިނިސްޓްރީން ސްކޫލުތަކަށް އަންގާފައި ވަނީ މިއަދުން ފެށިގެން ސްކޫލުތަކުގެ ނުވަޔަކުން ދަށުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް، މަތީ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދާށޭވެ.

އެޗްޕީއޭގެ އެދުމާއި ހިލާފަށް ނުވަޔަކުން މަތީގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ނެރެގެން ކިޔަވަމުން އަންނައިރު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މިނިސްޓަރު ޑރ، އައިޝަތު އަލީއަށް ފޮނުއްވި ސިޓީގައި ވަނީ ބަލި ފެތުރޭ މިންވަރާއި ހާލަތަށް ބަލާއި ބަލި ފެތުރުމުގެ ރިސްކް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލުތަކުގެ ހުރިހާ ޕިޒިކަލް ކްލާސްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ. 

އެކަމަކު އެޑިއުކޭޝަނުން ވެސް އެޗްޕީއޭގެ އެދުމާއި ހިލާފަށް، ނުވައަކުން ދަށަށް އޮންލައިން ކްލާސްތައް ކުރިއަށް ގެންދަން ނިންމި އެވެ. އަދި މަތީ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ނިންމީ އެވެ. 

މިކަމާއި ގުޅިގެން ބައެއް ބެލެނިވެރިންގެ ކަންބޮޑުވުން ހުރީ މާލޭ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެފައިވަނިކޮށް ވެސް އެޗްޕީއޭގެ އެދުމާއި ހިލާފަށް ސްކޫލުތަކުން ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދެމުންދާތީ އެވެ. 

މާލޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، ވަނީ ކުރިން ދިން ލުއިތައް ވެސް އަނބުރާ ގެންގޮސްފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް