ads
އިލެކްޝަންއެއްގައި ވޯޓުގުނުމުގެ މަސައްކަތުގެ ތެރެއިން ---
ވޯޓާސް ލިސްޓަށް ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ގެޒެޓުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ވޯޓާސް ލިސްޓަށް ގެނެވުނު ބަދަލުތައް މިހާރު ގެޒެޓުކޮށްފައިވާ އިރު، ދިވެހި ސަރުކާރުގެ ގެޒެޓު އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން އެ ލިސްޓު ފެންނާނެ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

އެގޮތުން މިއަދުން ފެށިގެން އަންނަ މާޗް މަހު 11 ގެ ނިޔަލަށް މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާނެ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މުއްދަތުގައި ރަސްމީ ބަންދު ނޫން ކޮށްމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 1:00 އަށް ކަމަށް އީސީން ބުނެ އެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް ކަމަށާއި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށް އީސީން ބުނެ އެވެ.

އީސީން މައުލޫމާތު ދިން ގޮތުގައި ޝަކުވާ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ޝަކުވާ ފޯމުންނެވެ. އަދި މި ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީން މައުލޫމާތު ދެއެވެ. 

އެގޮތުން ޝަކުވާ ބަލައިގަންނާނީ މެއިލް މެދުވެރިކޮށް، ކޮމިޝަންގެ ރަސްމީ މެއިލް އެޑްރެސް [email protected] އިން ކަމަށާ، މާލެ ފިޔަވާ މީހުން އުޅޭ އެހެން ހުރިހާ ރަށެއްގައި ކައުންސިލް އިދާރާ އަދި ސިޓީގެ އަވަށު އޮފީސްތަކުން ރަސްމީ ލިޔެކިއުންތައް ބަލައިގަތުމަށް ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ކަމަށް އީސީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހު 10 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް