ads
އާދަމް ޝަރީފް އިދިކޮޅުން ބެއްވި ޖަލްސާގައި ވާހަކަ ދައްކަނީ ފޮޓޯ/ ވަން
އިދިކޮޅު ލީޑަރަށް ގާނޫނީ ބާރު ދޭނަމަ ފުރަތަމަ ރައީސް ޔާމީން މިނިވަންކުރޭ: އާދަމް ޝަރީފް
އިދިކޮޅު ލީޑަރަށް ގާނޫނީ ހައިސިއްޔަތު ލިބޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން ބޭނުންވަނަމަ އެންމެ ފުރަތަމަ ޖެހޭނީ ރައީސް ޔާމީން މިނިވަންކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ސިޔާސީގޮތުން އިދިކޮޅު ލީޑަރަކު ރެކޮގްނައިޒްކޮށް، ގާނޫނީގޮތުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ހައްގުތަށް ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ހާމަކުރުމާއި ގުޅިގެންނެވެ. 

އާދަމް ޝަރީފް ވިދަޅުވީ، އިދިކޮޅު ލީޑަރަށް ގާނޫނީ ހައިސިއްޔަތު އިހުލާސްތެރިކަމާއި އެކުގައި ދޭން ބޭނުންވާނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، "ނުހައްގުން" ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ކަމަށެވެ. އަދި އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން ކަމަށާއި، ގާނޫނަށް ބަދަލު ގެނައުމަކުން އެކަން ބަދަލު ނުވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެހެން ވިދާޅުވަނީ، އެމްޑީޕީން ކުރި ތަޖުރިބާގެ އަލީގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

އަދި މީގެ އިތުރުން، ރައިސް ޔާމީން ފިޔަވައި، ޕީޕީއެމް ޕީއެންސީން ދެވަނަ މީހަކު އިދިކޮޅު ލީޑަރަކަށް ނުނެގޭނެ ކަމަށްވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

އިދިކޮޅު ލީޑަރަށް ގާނޫނީ ހައިސިއްޔަތު ދޭން ޖެހޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނައިރު، ރައިސް ޔާމީންގެ ވެރިކަމުގައި ވަނީ، ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ފަރާތަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރުކަން ނުކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް