ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލައިގަ އިސްތިއުނާފް ބަލައި ނުގަތް
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަންނަކަމަށް އެ ކޯޓުން ބުނެފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ހައި ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ހައިކޯޓުން ބަލައިގަނެފައި ނުވަނީ، ކްރިމިނަލް ކޯޓުގެ އަމުރު ނެރުމަށްފަހު އިސްތިއުނާފު ކުރަން ދީފައިވާ ވަގުތު ފާއިތުވި ފަހުން މައްސަލަ އިސްތިއުނާފު ކުރުމުން ކަމަށް ހައި ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިސްތިއުނާފު ކުރުމަށް އޮންނަނީ 48 ގަޑިއިރެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓުން އެ އަމުރު ބާތިލުކޮށް އަލުން ޕާސްޕޯޓް ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިމަހު 10 ގަ އެވެ.

މިކަމާ ގުޅިގެން ޕީޖީން ވަނީ ޕާސްޕޯޓް ދޫކުރާނެކަން އިއުލާންކުރީ ނުވައެއް ފެބްރުއަރީގައި ބޭއްވުނު އަޑުއެހުމެއްގައިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޕީޖީ އޮފީހަށް އެކަމުގެ ލިޔެކިޔުންތައް ލިބިފައި ވަނީ 11 ފެބްރުއަރީގައި ކަމަށާއި، ލިޔެކިޔުންތައް ލިބުނުއިރު އޭގައި އަމުރު ނެރުނު ކަމަށް ވަނީ 10 ފެބްރުއަރީގައިކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ. 

މިމައްސަލާގައި މީގެކުރިންވެސް ކްރިމިނަލް ކޯޓަށް އިދާރީ ކުށެއް ޖެހިފައިވާކަން ވަނީ ފެންމަތިވެފައެވެ. އެގޮތުން ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ނެރެފައިވަނީ ޕީޖީން އެދިގެންކަމަށް، ނުވަތަ އެ އަމުރަށް އެދިފައިވަނީ ޕީޖީން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށާއި އެއީ ކްރިމިނަލް ކޯޓުގެ އިދާރީ ކުށެއްކަމަށް ޕީޖީން ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް