ads
ޑރ. ޖަމީލް--
އިންތިހާބު ބޯމަތިވުމުން ރަންގަނޑަކަށް ނިމުމުން ހިލަގަނޑަކަށް: ޑރ. ޖަމީލް
އިންތިހާބު ބޯމަތިވުމުން ރައްޔިތުން ރަންގަނޑަކަށް ނިމުމުން ހިލަގަނޑަކަށް ވާ ފަލްސަފާ ދިވެހިންނަށް މިހާރު މާ ބޮޑަށްވެސް އެނގޭކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ އައްޑޫ ތަރައްގީއަށް ސަރުކާރުން ބޮޑެތި މަޝްރޫއުތަކެއް ޕްލޭންކޮށްފައިވާ ކަމަށް ސަރުކާރުން ބުނަމުންދާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ. ޖަމީލް ވިދާޅުވީ، ހުސް ވައުދުން އެކަނި އައްޑޫ ތަރައްގީވާނަމަ އެމްޑީޕީއަށް މިހާރު އެކަން ކުރެވުނީސް ކަމަށެވެ. ޑރ. ޖަމީލް ވަނީ، "އައްޑޫ ރައްޔިތުންގެ ވިސްނުން އެހާ ކޮށި ކަމަށް ދެކެނީތޯ؟ އަދި އައްޑޫގެ ތަރައްގީއަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކާށިދޫއިން ކޮޕީ ކޮށްފައިވާ އެއްޗެއްތޯ ނުވަތަ ކޮޕީ ކުރީ ފިލިޕިންސްއިންތޯ؟" ސުވާލުކުރައްވާފައެވެ.  

"ދިވެހި އެއްވެސް ރައްޔިތަކު ތިހާ ނިކަމެތި ކޮށްލާކަށް ނުވާނެ. އިންތިހާބު ބޯމަތިވުމުން ރަންގަނޑަކަށް، އިންތިހާބު ނިމުނުހާ އަވަހަކަށް ހިލަގަނޑަކަށް. މި ފަލްސަފާ ރައްޔިތުންނަށް މިހާރު މާ ބޮޑަށްވެސް އެނގޭ!" ޑރ. ޖަމީލް ވިދާޅުވިއެވެ.

އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން އެމްޑީޕީން އަދި އިދިކޮޅު ޕީޕީއެމްއިން ފަށާފައިވާއިރު ދެ ޕާޓީންވެސް އަންނަނީ ކައުންސިލްތަކަށް ހޮވިއްޖެނަމަ ގިނަ ކަންތައްތަކެއްގެ ވައުދުތަށް ވަމުންނެވެ. ވަކިން ހާއްސަކޮށް ކޮންމެ އިންތިހާބެއްގައި ވެސް ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދުތަކެއް ވާތަން ފެންނަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީ އައްޑޫ ސިޓީގެ ތަރައްގީއަށެވެ. 


، 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް