ads
ފޮޓޯ: ވިސާ ޑިވިލޮޕާ
ކްރެޑިޓް ކާޑުގެ ބިލަށް ފައިސާ ދެއްކުމަށް އެސްއެމްއެސް އެއް!
ކްރެޑިޓް ކާޑުގެ ބިލަށް ފައިސާ ކެނޑުމުގެ ކުރިން ފައިސާ ދެއްކުމާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނަށް ދިނުމުގެ ގޮތުން އެސްއެމްއެސް ފޮނުވުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެގޮތުން ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ފައިސާ އޮޓޮމެޓިކުން ކެނޑުމުގެ ކުރިން ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މި މެސެޖުގައި ކާޑަށް ފައިސާ ކެނޑޭނެ ތާރީހު ހިމެނިފައިވާނެ ކަމަށާއި ފައިސާ ކެނޑޭނީ ކަސްޓަމަރު ބޭންކާއެކު އެއްބަސްވެފައިވާ ކްރެޑިޓް ކާޑުގެ ރިޕޭމަންޓް ޕްލޭން އާ އެއްގޮތަށް ބިލުގެ ފަސް އިންސައްތަ ނުވަތަ ބިލުގެ ޖުމްލަ އަދަދަށް ކަަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ކާޑަށް ފައިސާ ކެނޑުމާއެކު ކަސްޓަމަރަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެ ކަމަށާއި ފައިސާ ނުކެނޑިއްޖެ ހާލަތެއްގައިވެސް ކަސްޓަމަރަށް އެކަން ބޭންކުން އަންގާނެ ކަމަށެވެ. އަދި ކްރެޑިޓް ކާޑަށް ފައިސާ ދައްކާފައިވާނަމަ، ނުވަތަ ކްރެޑިޓް ކާޑަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ހާލަތުގައި ބޭންކުން ފޮނުވާ އެސްއެމްއެސް އާ އެއްގޮތަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. 

ކްރެޑިޓް ކާޑަކީ 24 ގަނޑިއިރުގެ ހިދުމަތްލިބޭ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެންމެ ބޮޑު އޭޓީއެމް ނެޓްވޯކް ހިމެނޭ އެއް ހިދުމަތެވެ. ބޭނުން ވަރަކަށް ލިމިޓް ކޮށްލެވޭ މި ކާޑުތަކުބެ ތެރޭގައި އެމެރިކަން އެކްސްޕްރެސް އާއި ވިސާ އަދި މާސްޓާ ކާޑުވެސް ހިމެނެއެވެ. މި ކާޑު އެމީހަކު ބޭނުންވަރަކަށް ލިމިޓްކޮށްގެންވެސް ބޭނުންކުރެވޭއިރު، މިކާޑަކީ ކޮންމެ މަހެއް ނިމުމުން ބިލު ކުރާގޮތަށް ހިދުމަތްދޭ ކާޑެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް