ads
--
އިނގިރޭސި ވިލާތުގައި "ވެކްސިން ޕާސްޕޯޓު" ދޭން ވިސްނަނަނީ!
އިނގިރޭސި ވިލާތުގައި ވެކްސިން ޖަހާ މީހުންނަށް ހާއްސަ ހުއްދައެއް ނުވަތަ "ވެކްސިން ޕާސްޕޯޓެއް" ދޭން ވިސްނާކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނަކް ވިދާޅުވެއްޖެއެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އެގައުމުގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ "ވެކްސިން ޕާސްޕޯޓު" ދޫކޮށްފިނަމަ، ސިނަމާތަކާއި، ކުޅިވަރުކުޅޭ ތަންތަން ފަދަ ގިނަ މީހުން އެއްވާ ތަންތަން އަލުން ހުޅުވިދާނެކަމަށެވެ. 

"އެނގޭމިއީ އޮޅުންބޮޅުންގަނޑެއްކަން ވެސް. އެހެންވިއަސް އަޅުގަނޑުމެން ގައުމުގައި މީހުން އެއްވެ އުޅޭތަންތަން އަލުން ހުޅުވަން އޮތް ގޮތަކީ މިއީތޯ ވެސް ސުވާލު އުފެއްދިދާނެ،" -ޔޫކޭ ފިނޭންސް މިނިސްޓަރު ރިޝީ ސުނަކް-

މީގެ އިތުރުން އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ވެކްސިން ޖެހާމީހުންނަށް ހާއްސަ ހުއްދައެއް ދިނުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލާނެކަމަށެވެ. އެގޮތުން، ސައިޓިފިކް ގޮތުންނާއި، ހުލްގީގޮތުން، ހަމަ ވިސްނުމުގެ ގޮތުން އަދި ހިލްމީ ގޮތުން ވެސް އެއީ ކުރިވިދާނެކަމެއްތޯ ބަލާނެކަމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް