ads
ގއ. ވިލިނގިލީގައި ގޭސް ފުޅިއެއް ލީކުވެ ގޮވުމެއް ގޮވައި، ގެއްލުން ލިބުން ---ފައިލް ފޮޓޯ
ގޭސްފުޅި ގޮވައިގެން އަނިޔާވީ އުނދުން ރޯކުރަން އުޅުނު އަންހެން މީހާއަށް!
މިއަދު މާލޭގެ ހެންވޭރު ގެއެއްގައި ގޭސް ފުޅިއެއް ގޮވައިގެން އަނިޔާވީ އަންހެނަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ފުލުހުން ނުދިން ނަމަވެސް، ފުލުހުން ބުނީ، އަނިޔާވީ ގޭސްފުޅި ރޯކުރަން އުޅުނު އަންހެން މީހާއަށް ކަމަށެވެ. 

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށެވެ. 

"މިހާދިސާގައި އަލިފާން ރޯވެފައެއް ނުވޭ. ނަމަވެސް ގޭތެރޭގައި ގެންގުޅޭ ގެންގުޅޭ ސާމާނާއި، ބަދިގޭގެ ކަބަޑުތަކާއި ދޮރުތަކަށް ގެއްލުން ވެފައިވޭ،" -ފުލުހުން-

މި ހާދިސާ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްބީއައި ކައިރީގައި ހުންނަ ގެއެއްގައި ކަމަށް ފުލުހުން ބުނެއެވެ. 

މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެެވެ. 

ގޭސްފުޅި ގޮވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ދިމާވެއެވެ. މިގޮތުން ދާދި ފަހުން ގއ، ވިލިގިލީގައި އަދި ތ. ބުރުނީގެ އިތުރުން މާލޭގައި ވެސް ގޭސް ފުޅިއެއް ގޮވާފައިވެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް