ads
ފޮޓޯ: މީސްމީޑިއާ
އަދާލަތު ޕާޓީގެ ގައުމީ މަޖިލީސް މާޗް 11 ގައި!
ޢަދާލަތު ޕާޓީގެ ދެވަނަ ދައުރު ނިންމައި ތިންވަނަ ދައުރު ފެށުމަށްޓަކައި ބާއްވާ ގައުމީ މަޖިލީސް، މިއަހުރުގެ މާޗް 11 އިން 13 އަށް ބޭއްވުމަށް ނިންމައިފި އެވެ.

އަދާލަތު ޕާޓީން ބުނީ، ގައުމީ މަޖިލިސްގެ އެޖެންޑާގައި ހިމެނޭ އެއް އައިޓްމަކީ ގައުމީ މަޖިލީހަށް ހުށަހެޅޭ ކަރުދާސްތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން ކަމަށެވެ. 

އެހެންކަމުން، އަދާލަތު ޕާޓީގެ ތިންވަނަ ގައުމީ މަޖިލިސްއަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަހަރުގެ މާޗު 10 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ކަރުދާސް ހުށައެހެއްވުން އެދޭ ކަމަށް އެ ޕާޓީން ބުނެ އެވެ.

އަދާލަތު ޕާޓީން ބުނީ، އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ ކަރުދާސް ފޮނުވާނީ އެޕާޓީގެ މެއިލަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް