ads
އިނގުރު---
ކޮންމެ ދުވަހަކު އިނގުރު ކެއުމުންވާ ގޮތް އެނގޭތަ؟
އިނގުރަކީ ސިއްހަތަށް ރަނގަޅު އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. އެކަމަކު މޭވާ އާއި ތަރުކާރީއަކީ ސިއްހަތަށް ރަނގަޅު އެއްޗެއްކަން އަހަރެމެން އެންމެނަށް ވެސް އެނގެ އެެވެ. ވަކިން ހާއްސަކޮށް ކުލަ ގަދަ ކާނާގެ ބާވަތްތައް ކެއުން މުހިއްމުކަން އެނގެ އެވެ.

އެކަމަކު ކެއްކުމުގައި މި ބޭނުންކުރާ ތަފާތު އެއްޗެއްސަކީ ވެސް އޭގެ ޒާތުގައި ތަފާތު އެކި ފައިދާ ލިބޭ އެއްޗެއްސެވެ. މިސާލަކަށް އިނގުރު ނަގަމާ ހިނގާށެވެ. ކޮންމެ ދުވަހަކު އިނގުރު ކެއުމަކީ ސިއްހަތަށް ރަނގަޅު ގޮތްތަކެއްވާ ކަމެކެވެ. 

އިނގުރަކީ ވަރުގަދަ ރަހައެއް އެކުލެވިގެންވާ ސްޕައިސްއެކެވެ. އިނގުރަކީ މީރު އެެއްޗެއް ވެސް ނޫނެވެ. އެކަމަކު އޭގައި ވިޓަމިނާއި މިނަރަލްސް ގިނަ އަދަދަކަށް ހިމެނެ އެވެ. މިހެންކަމުން، އޭގައި ސިއްހަތަށް ފައިދާކުރާނެ ކަންތައްތަކެއް ހުންނާނެ ކަމާއި މެދު ޝައްކެއް ނެތެވެ.

މީގެ 100 އެއްހާ އަހަރުކުރިން ފެށިގެން ކުދި ބަލިތަކަށް ފަރުވާ ހޯދުމަށް ވެސް އިނގުރު ބޭނުންކޮށް ހެދި އެވެ. އަދި ކޮންމެ ދުވަހަކު ގަވާއިދުން އިނގުރު ކެއުމަކީ ވެސް ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދޭނެ ކަމެކެވެ.

your image-----

އިނގުރުގައި އެކުލެވޭ ބާވަތްތަކެއްގެ ސަބަބުން، އިނގުރު ކެއުމުން ބަނޑަށް އުނދަގޫވެ މޭނުބައިކޮށް ހޮނޑުލުން ފަދަ ކަންކަމުން ވެސް ދުރުކޮށްދެ އެވެ. އެގޮތުން މާބަނޑު މީހުންނާއި ކީމޯތެރަޕީ ހަދާ މީހުންނަށް މިއީ ރަނގަޅު އެއްޗަކަށްވާނެ އެވެ. 

އަދި ގައިގައި ރިއްސުމާއި ހަށިގަނޑުގެ ތަންތަން ދުޅަވާނަމަ، އިނގުރު ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. އަދި ކޮލެސްޓްރޯލް ހުންނަ މީހުންނަށް ވެސް މިއީ ރަނގަޅު އެއްޗެކެވެ. 

އޭގެ އިތުރުން އިނގުރުގައި ހިމެނޭ ބާވަތްތަކެއްގެ ސަބަބުން ހިތުގެ ބައްޔާއި ކެންސަރު ފަދަ ބަލިތަކުން ވެސް ދުރުކޮށްދޭ ކަމަށް ސިއްހީ ލިޔެކިޔުންތަކުގައިވެ އެވެ. އަދި ހަޖަމްކުރުމަށް ވެސް އިނގުރު ބޭނުންކުރާނަމަ ފަސޭހަވެގެންދާއިރު ސިކުނޑި އާއި ދިފާއީ ނިޒާމު ވެސް އޭގެ ސަބަބުން ރަނގަޅު ކަމަށް ބުނެ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް