ads
ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރަން ހަވާލުކުރި 3000 ހައުސިން ޔުނިޓްގެ ކުރެހުމެއް-- ފޮޓޯ: ޓްވިޓާ
ސީލައިފް އިން ބަދަލު ހޯދަން ނުދާ ފަރާތްތަކަށް ފަހު ފުރުސަތު ދީފި
ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން ހަދާ ހައުސިން ޔުނިޓުތައް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ހޯދަން ހުށަހަޅަން އެންމެ ފަހު ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ދީފި އެވެ.
ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން ހަދާ ހައުސިން ޔުނިޓުތައް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ހޯދަން ހުށަހަޅަން އެންމެ ފަހު ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ދީފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ބަދަލު ހޯދަން ހުށަނާޅައިފިނަމަ ދެން ބަދަލު ނުލިބޭނެ ކަމަށެވެ.

ބަދަލު ހޯދަން ހުށަހަޅާއިރު ސީލައިފުން ފްލެޓް ގަންނަންވީ އެއްބަސްވުމާއި ފްލެޓު ގަންނަން ފައިސާ ދެއްކި ލިޔުމާއި އައިޑީކާޑުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ،

ހުޅުމާލޭގައި 3000 ފްލެޓު އެޅުމުގެ މަޝްރޫއު 2014 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުން ސީލައިފު ކުންފުންޏާ ހަވާލު ކުރިއިރު، ގިނަ ބަޔަކު ވަނީ ފުލެޓު ގަންނަން ފައިސާ ދައްކާފަ އެވެ. ނަމަވެސް ސީލައިފުން ފްލެޓް އެޅުމުގެ މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ސީލައިފާ އެޗްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ މަޝްރޫއުގައި ވިއްކާ ފްލެޓުތަކަށް އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ނެގޭނީ މަސައްކަތުގެ 20 އިންސައްތަ ނިމުމުންނެވެ. އެކަމަކު އެއްވެސް މަސައްކަތެއް ނުކޮށް ސީލައިފުން ވަނީ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެއް ގޮތުގައި 50،000 ރުފިޔާ އާއި އިތުރު ބައެއް މީހުންގެ އަތުން ޑައުންޕޭމަންޓު ވެސް އަތުލާފަ އެވެ.

އެހެންވެ، ބައެއް މީހުން ވަނީ ސީލައިފްއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 203 ފަރާތަކާއެކު ސަރުކާރާއި އެޗްޑީސީންވި ސެޓްލްމެންޓް އެގްރީމެންޓާ އެއްގޮތަށް އެ މީހުންނަށް ފައިސާ ދޭން އެޗްޑީސީ އިން ނިންމިއިރު ދައުވާ ނުކުރާ މީހުންނަށް ވެސް ބަދަލުދޭން ވަނީ ނިންމާފަ އެވެ. އެގޮތުން އެކަމަށް އެދި ހުށަހަޅަން އެޗްޑިސީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ހުޅުވާލާފަ އެވެ.

އެޗްޑީސީން ބަދަލުދޭން ނިންމީ އެ ކަމުގައި އާންމުންގެ ގިނަ ބަޔަކަށް ގެއްލުވެފައިވާތީ އެވެ.

އެ ކުންފުންޏަށް ފައިސާ ދެއްކި މީހުން ބޭނުން ވަނީ އެ ފައިސާ އަނބުރާ ހޯދުމަށާއި ދެން ސަރުކާރުން ހުޅުމާލޭގައި އެންމެ އަވަހަށް ހިންގާ ބޯހިޔާވަހިިކަމުގެ މަޝްރޫއަކުން ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަމާއި، އެމީހުންނަށް މަކަރު ހަދާ އޮޅުވާލި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް