ads
މެމްބަރު ރާއީ
މަލީހު ހާޒިރުކުރީ ބަނޑު މުސާރައަށް ބައްދާކަށް ނޫން: ރާއީ
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރީ ބަނޑުމުސާރައަށް ބައްދާކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރައީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ "ހަކުރާގެ" އެއްކަމަށް ސިފަވާގޮތައް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު މަޖިލީހުގައި ވާހަކަ ދެއްވެމުންނެވެ. 

އިތުބާރު ނެތްކަމުގެ މައްސަލައިގައި މިއަދު މަޖިލީހަށް ހާޒިރު ކުރުމުން މަލީހު ވިދާޅުވީ، "ހަކުރާގޭ ފެންޑާގައި އެކޮޅު ކޮޅުން އެލުވިކަމުގައިވިޔަސް ގާނޫނު އަސާސީގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާނެ" ކަމަށެވެ.

މި ވާހަކަ ތަކަށް ރައްދުދެއްވައި ރާއީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިން ދުވަހު އެ މަޖިލީހަކީ "ހަކުރާގެއް" ކަމަށް ވިދާޅުނުވާކަމަށެވެ. 

ހަކުރޭގެއަކީ މިއީ މެދުޒިޔާރަތް ދޮށުގޭ އިރުން މިހާރުގެ ރައްޔިތުންގެ މަޖުލިސް ގެއިން ބަޔަކާ ހަމައަށް މެދު ޒިޔާރަތް މަގުގެ ދެކުނުގައި ހުރި ގަނޑުވަރެެކެވެ.

"އަޅުގަނޑު މިނިސްޓާ މަލީހަށް ސާފުކޮށްލަ ދޭން ބޭނުންވަނީ މިއީ ހަނގުރާމައިގެ މައިދާނެއް ނޫން. އަދި ގުޅަކުޅޭ ފަސްގަނޑެއް ވެސް ނޫން. ވަޒީރު މިތަނަށް ހާޒިރުކުރީ ބަނޑު މުސާރަށް ބައްދާކަށް ވެސް ނޫން،" - މެންބަރު ރާއީ-

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން މަލީހުގެ އިތުރުބާރުނެތްކަމަށް ވެއްދީ "ޒާތީ" މައްސަލައެއްގެ ގޮތުގައި ކަމަށް ވިދާޅުވެ މަލީހު ދެއްކެވި ވާހަކަ ފުޅަށް ވެސް މަކުނުދޫ ދާއިރާގެ މެންބަރު ރައްދު ދެއްވިއެވެ. 

ރައީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ "ބިރުވެރިތަނެއް ނޫން" ކަން ރާއްޖޭގެ ކިޔަވާ ކުދިންނަށް ވެސް އެނގެންޖެހޭކަމަށެވެ. އަދި މަޖިލީހުން "ޒާތީ" މަސައްކަތެއް ވެސް ނުކުރާނެކަމަށް ވެސް ރާއީ ވިދާޅުވިއެވެ. 

ރާއީގެ އިތުރުން ވެސް ވެރިކަން ކުރާ އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ވަނީ "ޒާތީ" ކަމަށް ވިދާޅުވެ މަލީހު ދެއްކެވި ވާހަކަތައް ރައްދު ދެއްވައި، މަލީހުގެ އިތުބާރު ނެތްކަން ތަފާތު ސަބަބުތަކާއެކު ހާމަކޮށްދީފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް