ads
ރާއްޖެއަށް ފަތުރުވެރިންތަކެއް އައުން--
ފެބްރުއަރީ މަހު، ޓޫރިޒަމް ސިނާއަތަށް ލިބުނީ އިތުުރު ކުރި އެރުމެއް
މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައީ 98881 ފަތުރުވެރިންނެވެ. އަދި ޖެނުއަރީ މަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު 92103 ގައި އުޅޭއިރު މިއަހަރުގެ ފުރަތަމަ މަހާ އަޅާ ބަލާއިރު ދެވަނަ މަހުގައި ވަނީ އިތުރު 4778 ފަތުރުވެރިއަކު ރާއްޖެ އައިސްފަ އެވެ.

މީގެ އިތުރުން ޖެނުއަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ 2971 ފަތުރުވެރިން އައިސްފައިވާއިރު ފެބްރުއަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 3460 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

އަދި މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 188,984 އުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެންމެ ގިނަ ފަތުރުވެރިން މިދިޔަ މަހު އައިސްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާއި 21 ވަނަ ދުވަހުގަ އެވެ. އެގޮތުން 14 ވަނަ ދުވަހު 4856 ފަތުރުވެރިއަކު ރާއްޖެ އައަިސްފައިވާއިރު، 21 ވަނަ ދުވަހު ވަނީ 5268 މީހަކު ރާއްޖެ އައިސްފަ އެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ގައުމުތަކަށް ބަލާއިރު ލިސްޓުގެ ކުރީގައި އުޅެނީ އިންޑިއާ އެވެ. އެގައުމުން 44,039 މީހުން އައިސްފައިވާއިރު ދެވަނައިގައި އޮތް ރަޝިއާއިން ވަނީ 40,698 މީހުން އައިސްފަ އެވެ. އަދި އެ ލިސްޓުގެ ތިން ވަނައިގައި ޔޫކްރެއިން އޮތީ 12,549 ފަތުރުވެރިނާއެކު އެވެ.  

މި އަހަރުގެ މިހާތަނަށް 657  ޓޫރިސްޓް ފެސިިލިޓީއަކުން ހިދުމަތް ދެމުންދާއިރު އޮޕަރޭޝަންގައި 44,859 އެނދު އެބަ އުޅެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް