ads
ސްޕޮޓިފައި ދިރާގު ކަސްޓަމަރުންނަށް ---
ދިރާގު ކަސްޓަމަރުންނަށް ސްޕޮޓިފައި ތައާރަފްކޮށްފި
ދިރާގު ސްޓްރީމިންގް އެޑްއޮންސްގައި "ސްޕޮޓިފައި" ހިމަނާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި ދިރާގު ޕްރީޕެއިޑް ސްޓްރީމިންގް އެޑް އޮންސް، ޕްރީޕެއިޑް ސްޓްރީމިންގް ޕާކްސް، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް އަދި މަމެން ސްޓްރީމިންގް އެޑްއޮންސްގައި ވެސް ސްޕޮޓިފައި ހިމެނޭނެ އެވެ.

ސްޕޮޓިފައިއަކީ ސްވިޑިޝް އޯޑިއޯ ސްޓްރީމިންގް އެޕެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އޯޑިއޯ ސްޓްރީމިންގް އެޕެކެވެ. މި އެޕް ރާއްޖެއަށް ލޯންޗު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.  

ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން، ކަސްޓަމަރުން ބޭނުންވާ ކަހަލަ އެޕްލިކޭޝަންތައް ދިރާގުގެ ހިދުމަތްތައް މެދުވެރިކޮށް ބޭނުންކުރެވޭ ގޮތް ހެދުމަކީ އަބަދުވެސް އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ސްޓްރީމިންގް އެޑް އޮންތަކަށް ސްޕޮޓިފައި އައުމާއެކު، ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް އުންމީދުކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގު ސްޓްރީމިންގް އެޑް އޮންސް ތެރޭގައި ހިމެނޭ މަޝްހޫރު ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ޓިކްޓޮކް، ނެޓްފްލިކްސް، ޔޫޓިއުބް އަދި އެމޭޒަން ޕްރައިމް ހިމެނެއެވެ. 

ސްޓްރީމިންގް އެޑް އޮން އެކްޓިވޭޓް ކުރަން ބޭނުންވާ ނަމަ، ދިރާގު މޯބައިލް އެޕް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކޮށްލުމުން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ މޯބައިލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ދިރާގުން ފޯރިކޮށްދޭ އެޑް އޮންތަށް ކަސްޓަމަރުންންގެ ބޭނުންތައް ފަރުމާކުރުމަށް ކަމަށް ދިރާގުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް