ads
ކޮވިޑް ޓެސްޓު ހެދުން:-
ޖަޕާނު ރައްޔިތުންގެ ފުރަގަސް ފަރާތުން ސާމްޕަލް ނެގުން ހުއްޓާލަން އެދިއްޖެ
ޖަޕާނު ރައްޔިތުންގެ ފުރަގަސް ފަރާތުން ކޮވިޑް ސާމްޕަލް ނެގުން ހުއްޓާލަން އެގައުމުން ޗައިނާގައި އެދިއްޖެއެވެ.

ޖަޕާނު ސަރުކާރުން ބުނެފައިވަނީ ފުރަފަސް ފަރާތުން ސާމްޕަލް ނެގުމަކީ "ނަފްސާނީ ތަދެއް" ލިބޭކަމެއް ކަމަށެވެ. 

ޖަޕާނުގެ ކެބިނެޓު ސެކެރެޓަރީ ކަރުސޫނޯބް ކަޓޯ ވިދާޅުވެފައިވަނީ ޖަޕާނުން އެދުނު ނަމަވެސް، އެކަން ހުއްޓާނެކަމުގެ އިޝާރާތެއް ޗައިނާއިން ނުދޭކަމަށެވެ. 

މިހެންކަމުން ޖަޕާނުން ހުއްޓުމެއްނެތި އެކަމަށް އެދެމުން ދާނެކަމަށެވެ. 

"އަޅުގަނޑުމެންގެ އެމްބަސީގައި ޖަޕާނު ރައްޔިތުން މައްސަލަ ޖައްސާފައި އެބަހުރި ފުރަގަސް ފަރާތުން ކޮވިޑް ޓެސްޓުގެ ސާމްޕަލް ނެގުމުން ނަފްސާނީ ތަދެއް އިހުސާސުވާކަމަށް ބުނެ،" -ކެބިނެޓް ސެކެރެޓަރީ 

ޗައިނާގެ ބައެއް ސަރަހައްދުތަކުގައި އަންނަނީ ފުރަގަސް ފަރާތުން ކޮވިޑް ސާމްޕަލް ނަގަމުންނެވެ. އެގޮތައް އަމަލުކުރަނީ ކޮވިޑް ޓެސްޓުތަކުގެ ޔަގީންކަން އިތުރުކުރަންކަމަށް ވެސް އެގޮތައް އަމަލުކުރާ ސިޓީތަކުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް