ads
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ވަރުގަދަ އިންޑިޔާ ބަލިކޮށް ރާއްޖޭން އޭއެފްސީ ބިޑު ކާމިޔާބުކޮށްފި
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓުކުރުމަށް ކުރި ބިޑް، ވަރުގަދަ އިންޑިޔާ ބަލިކޮށް ރާއްޖޭން ކާމިޔާބުކޮށްފިއެވެ. ރާއްޖޭން ބިޑު ކާމިޔާބުކުރިކަން އޭއެފްސީން އިއުލާން ކުރީ މިއަދުއެވެ.

އޭއެފްސީ ކަޕުގެ ބިޑު ރާއްޖޭން ކާމިޔާބުކުރުމުން، އަންނަ މެއި މަހު ފެށޭ އޭއެފްސީ ކަޕުގެ ސައުތު އޭޝިޔާ ޒޯންގެ މެޗުތައް ކުޅޭނީ ރާއްޖޭގައެވެ. މެޗުތައް ފެށޭނީ އަންނަ މެއި މަހުގެ މެދު ތެރޭގައެވެ. މި ގްރޫޕުގައި ރާއްޖޭން ހިމެނެނީ މާޒިޔާއެވެ. މާޒިޔާގެ އިތުރުން ދެން ހިމެނެނީ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ. ބާކީ ޖާގައަށް ރާއްޖޭގެ ކްލަބު އީގަލްސް ހިމެނޭ ގޮތަށް ވާދަކުރާ ކުލަބުތަކުގެ ތެރޭގައި އިންޑިޔާގެ ބެންގަލޫރު އެފްސީވެސް ހިމެނެއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ރާއްޖޭން ކުރި ބިޑް ކާމިޔާބުވުމުން މެޗުތައް ކުޅޭނީ މާލޭގައި ރަސްމީ ބޯޅަ ދަނޑުގައެވެ. ރާއްޖެއާ ވާދަކުރީ އިންޑިޔާއިން ބިޑު ކޮށްފައިވައިނީ ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މެޗުތައް ކުޅޭށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް