ads
ކޮވިޑް 19 ގެ ސާމްޕަލް ނެގުމުގެ ތެރެއިން:
މިއަދު ޕޮޒިޓިވްވީ 186 މީހުން!
މިއަދު ރާއްޖެއިން އިތުރު 186 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 152 މީހެކެވެ. އަދި އަތޮޅު ތެރެއިން 23 މީހަކާއި ރިސޯޓުތަކުން 10 މީހެއް އަދި ސަފާރީއަކުން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 19،979 އަކަށް އަރާފައެވެ.

މިރޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ ޖުމުލަ 2567 އެވެ. މީގެ ތެރެއިން 181 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރާއްޖޭއިން މިބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 17،343 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 62 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް