ads
ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން
މިއަދު 5700 މީހުން ވެކްސިން ޖަހައިފި
ރާއްޖޭގައި މިއަދު ވެކްސިން ޖެހި ޖުމުލަ 5،700 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު މާލެ ސަރަހައްދުގައި ވެކްސިން ޖެހީ 2088 މީހެކެވެ. އަދި އަތޮޅުތެރެއިން މިއަދު 3612 މީހަކު ވެކްސިން ޖަހާފައިވެއެވެ.

އެ ތަފާސް ހިސާބަށް ބަލާއިރު މާލެ ސަރަހައްދުން މިހާތަނަށް ޖުމުލަ 77،251 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ ޖުމުލަ 39،864 މީހެކެވެ. 

ރާއްޖޭގައި ޖުމުލަ 117،115 މީހަކު ވަނީ މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. 

މާލެ ސަރަހައްދުގައި މިއަދު އެޗްޕީއޭއިން ވަނީ 20 އަހަރުން މަތީ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ފަށާފަ އެވެ. އޭގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސްކުރާ ފަރާތްތަކުގެ ތެރެއިން 18 އަހަރާއި 20 އަހަރާއި ދެމެދުގެ ފަރާތްތަަކަށްވެސް މާލޭ ސަރަހައްދުގެ ސެންޓަރުތަކުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ކޮވިޑް 19އިން ރައްކާތެރިވުމަށާއި ބަލިޖެހޭ މީހުންގެ އަދަަދުތައް ދަށްކުރުމަށް ވެކްސިން ޖެހުމަށް އެެޗްޕީއޭއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް