ads
ފޮޓޯ: ގަވް
މަލީހުގެ ކުށަކީ ކޮބާ؟
އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ފުރިހަމަވެގެންދިޔައީ އެމްޑީޕީ މެންބަރުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ބޮޑު ހުވަފެނެއް ކަމަށް ބުނެވިދާނެއެވެ. އެކަމުގެ ތެރެއިން ހަމަ އަމިއްލައަށް އައްޔަންކުރި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަޒީރުކަމުން ގަދަކަމުން ދުރު ކުރެވިގެންދިޔައިރު މިނިސްޓަރު މަލީހް މިކަން ސިފަކުރައްވަނީ މިނިވަން ނޫސްވެރިކަން މަރާލުން ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެމްޑީޕީން "މާއްދާ 27 އޭ ކިޔާގެން މީގެކުރިން ކީހާ ޅެން ފަރިއްސަވެ ނިމެނީ" ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް "ހަކުރާގޭގައި އެކޮޅުކޮޅުން އެލުވި ކަމުގައި ވީނަމަވެސް މާއްދާ 27 ގެ ބޭނުން ކުރާނަން" ކަމަށް މިނިސްޓަރު މަލީހު ވަނީ ހަރު އަޑުން ވިދާޅުވެފައެވެ.

މިނިވަން ނޫސްވެރިކަން މަރާލުން" މި ބުނުމަށް ބާރު ލިބޭ ކަންތަށްތަކެއްވެސް އެބަހުއްޓެވެ. އެއީ އެމްޑީޕީން 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ކުރި ދަތުރުގައި އެންމެ ބާރަށް ދެއްކި ވާހަކަައަަކީ މާއްދާ 27ގެ ވަރުގަދަ ކަމުގެ ވާހަކައެވެ. މާއްދާ 27ގެ ފުޅާކަމާއި އޭގެން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައެވެ. 

މިނިސްޓަރު މަލީހު އިއްޔެ މަޖިލީހުގެ އިދާރާއަށް ހާޒިރުކުރެވި މިނިސްޓަރު ކަމުގެ ކޯޓު ބާލުއްވާ ގެއަށް ފޮނުވާލެއްވީ މި މާއްދާ 27 ހުން ލިބިދޭ މިނިވަން ނޫސްވެރިކަމުގެ ބޭނުން ހިއްޕެވުމުން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އުފެދޭ ސުވާލަކީ އެކަން އެގޮތަށް މަޖިލީހުން ކުރެއްވީ މިސަަބަބާއި ހުރެތޯ؟ މަލީހުގެ ކުށަކީ ކޮބާތޯ؟ މަލީހަށް އަދަބުދެވިގެން ދިޔައީ މަލީހު އެ ސިފަކުރައްވާގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިއްޕެވީމަތޯ؟ ނޫނީ އެމަނިކުފާނާއި ގޮނޑިކޮޅު ހަވާލުކުރެވުނުއިރު، ޒިންމާގެ ތެރޭގައި ހިމެނޭ ރައްޔިތުންނަށް ފޯރުކޮށްދެވޭ އިންޓަނެޓްގެ ހިދުމަތް އަގުހެޔޮ ކުރުމުގެ މަސައްކަތް މިވީ ދެއަހަރު ތެރޭވެސް ނުވެގެންތޯ؟
ވަޒީރުކަމުގެ ކޯޓު ބާލުވާ މިނިސްޓްރީން ބޭރުކޮށްލެއްވި ސަބަބުތަކެއްގެ ގޮތުގައި ގިނަ ބަޔަކަށް ހީވެފައި އޮތީ މިކަންކަމެވެ.

ނަމަވެސް މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ ވާހަކަތަކުން ބުނެދެނީ މުޅިން އެހެން ވާހަކަތަކެވެ. 

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި މީކާއިލް ވިދާޅުވީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ހުށަހެޅިގެންދިޔައިރު އޭގެ އަސާސެއް ގޮތުގައި އޮންނާނީ އިންޓަނެޓް އަގުހެޔޮ ކުރުން ނޫންކަމަށެވެ. އަދީ އެއީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް އޮޅިފަ އޮތް ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން މީކާއީލް ވަނީ މަލީހު މިނިސްޓަރު ކަމުން ދުރުކުރަން މަޖުބޫރުވީ ކީއްވެގެންކަން ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފައެވެ.

އަސްލު މައްސަލަ އަކީ ކޮބާ؟

މީކާއިލް ވިދާޅުވީ މަލީހު ވަޒީރުކަމުން ދުރުކުރެވިގެންދިޔައީ، "އެއިރެއްގައި ހުންނަވާ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރަށް ގާނޫނުން މަތިކޮށްފައިވާ މެންޑޭޓްގެ ދަށުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ނުކުރައްވާ އަދި ރައްޔިތުންގެ މަޖިލީހުން އެމަނުކުފާނު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރެއްވުމުން، އޭގެ ރައްދު ދެއްވާ އެއްވެސް ވަރަކަށް އެއްބާރުލުން ނުދެއްވުމުން" ކަަމަށެވެ. އަދި މަޖިލީހަށް ހުށަހެޅުނު މައްސަލަ އަކީ އެކަމާއި ގުޅިގެން ހުށަހެޅުނު ކަންކަން ކަމަށާއި އެއްވެސް ގޮތެއްގައި އިންޓަނެޓް އަގުހެޔޮ ނުވެގެން އެއީ އަސާސަކަށް ބަލައިގެން ހުށަހެޅުނު މައްސަލެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ.

" ދެން މަޖިލީހުގައި ހިނގި ބަހުސްގައިވެސް އަޅުގަނޑަށް ހީވަނީ ފާހަގަކުރެވޭނެކަން ނޭނގެ އެންމެ މައިގަނޑު އެއް މައްސަލައެއް ގޮތުގައި އަޅުގަނޑުމެން މި ނެގީ ގާނޫނުން މަތިކޮށްފައިވާ ގަވާއިދުތައް ހެދުމަށް ފަސްޖެހި ނޫނީ އެ މަސައްކަތް ކުރެއްވުމަށް މިނިސްޓްރީގެ މުވައްޒަފުންތަކެއް މަަސައްކަތް ކުރެއްވީމަވެސް ހުރަސް އެޅުއްވިކަން" މީކާއިލް ވިދާޅުވިއެވެ.

މިގަވާއިދުތައް މުހިންމުވާ އެންމެ ބޮޑު އެއް ސަބަބަކީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ބަލާއިރުވެސް ޓެލެކޮމް އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަށް އެ ގަވާއިދުތަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗަކަށް ވުމެވެ. މިސާލަކަށް އަޅުގަނޑުމެން އިންޓަނެޓް ހޯދުމަށް ފޯނަށް މި އަޅާ ޑޭޓާއަށް ވާނުވާއެއް ނޭނގި އަވަހަށް ހުސްވެގެން ދިޔުމާއި ކޮންމެ މަހަކު އިންޓަނެޓް ބިލަށް ޖީބުން ބޮޑު އަދަދެއް ހަރަދުވެގެންދާއިރު، ބިލް ބަރާބަރަށް ދައްކަމުންދިޔަނަމަވެސް ފޯނަށް އަޅާ ޑޭޓާއަށް ވާނުވާއެއް ނޭނގި ހުސްވެގެންދިޔުމާއި ނުވަތަ އިންޓަނެޓުން ފޮޓޯ ގަނޑެއްވެސް ލޯޑު ނުވާވަރަށް ލަސްވެގެން ދާ މައްސަލައަކީ އަބަދުވެސް ކަންބޮޑުވުން ހުރި މައްސަލައެކެވެ. 

އާއްމުންގެ އެތައް ޝަކުވާތަކެއް ހުރި މިކަމުގައި މިފަދަ މައްސަލަތައް ހުށަހަޅަން އޮންނަ ތަނަކީ ގާނޫނު ބުނާގޮތުން ކޮމިއުނިކޭޝަން އޮތޯރިޓީ ނަމަވެސް ކުރިން މި ބުނެވިދިޔަ ގަވާއިދުތައް މިނިސްޓްރީގެ ފަރާތުން ނަހަދާ އޮތުމުގެ ސަބަބުން މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ އިޖްރާއަތެއް ނޯވެއެވެ. 

މިކަންކަން ފާހަގަކުރަމުން މީކާއިލް ވިދާޅުވީ އެހެން އެކަން އޮންނާތީ އެއްވެސް ގޮތަކަށް ޓެލެކޮމް ކޮމްޕެނީތައް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެއް ކަމަށެވެ. 

ދިރާގާއި އޫރިދޫ ފަދަ ޓެލެކޮމް ހިދުމަތް ދޭ ކުންފުނިތަކުން ރަނގަޅު ހިދުމަތެއް ފޯރުކޮށްނުދީ ލައްކައިން އަޅުގަނޑުމެންގެ ޖީބުން ބޮޑެތި އަދަދުތަށް ކަމުންދާއިރުވެސް، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅުތަކެއް ނޭޅި މިމައްސަލަތައް ހައްލު ނުވެ މިއޮތީ މި ގަވާއިދުތައް މިނިސްޓްރީގެ ފަރާތުން ހެދިފައި ނެތުމުގެ ސަބަބުންނެވެ.

މި ގަވާއިދުތައް މުހިންމުވަނީ މި ސަބަބަށްޓަކެެއެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް އޮންނަ ތަނަަކަށްވާއިރު ސަރުކާރުގެ މުއައްސަސާތަކުން މި ގަވާއިދުތައް ހަދާތޯ ކަށަވަރުކުރުމާއި ޖަވާބުދާރީ ކުރުވުމަކީ އެ މަޖިލީހުގެ ޒިންމާއެކެވެ. އެހެންކަމުން އިއްޔެ މަޖިލީހުގެ ތެރެއިން މަޖިލީހުގެ މެންބަރުން އެ ކުރެއްވީ އެ މަސައްކަތޭ ބުނެވިދާނެއެވެ. 

އެއީ ކޮންމެހެން އިންޓަނެޓްގެ އަގުހެޔޮ ނުވެގެން ކުރެއްވި ކަމެއްވެސް ނޫނެވެ. އަދި ވަޒީރުކަމުގެ ގޮނޑިން މަލީހު ދުރުކުރެއްވެމުން މިއަދު އިންޓަނެޓް އަވަސްވެ އަގުހެޔޮ ވެގެންދާނެ ކަމަށް އެބޭފުޅުން ދެކެނީކީވެސް ނޫނެވެ. އެކަން އެގޮތަކަށް ނުވެސް ވާނެއެވެ. އެހެންނަމަވެސް ގަވާއިދުތަށް ހެދި މިފަދަ އާއްމުންގެ ކަންބޮޑުވުން އޮތް މައްސަލަތަކަށް ހައްލެއް ލިބޭކަން ކަށަވަރުކުރުން މިއީ މަގުސަދެވެ.

ދެން ކުރެވޭ ސުވާލަކީ މިއީ ސިޔާސީ ގޮތުން ހަމައެކަނި ވަކި ޕާޓީއަކަށް މަންފާވާގޮތަށް ކުޅުއްވި ގޭމެއްތޯ ކުރެވޭ ސުވާލެވެ. މިހާތަނަށް ކަންތަށް ވެފައިވާ ގޮތައް ބަލާއިރު ވަޒީރުކަމުގެ ގޮނޑީގައި އިންނެވުމަށް ކުފޫ ހަމަ ނުވެގެން އެ ގޮނޑިން ދުރުކުރައްވާ ގެއަށް ފޮނުވުނީ އެންމެ ގިނައިން ޖުމްހޫރީ ޕަޓީގެ ވަޒީރުންނެވެ. ހެލްތް މިނިސްޓަރު އަމީން އާއި ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީވެެސް ހަމަ މި ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނެވެ. 

އަދި ވަޒީރުކަމުން ދުރުކުރެއްވުމަށް ފަހު އެ ސްލޮޓް ސަރުކާރުން ދެއްވާފައިވަނީވެސް އެމްޑީޕީގެ ބޭފުޅުންނަށެވެ. އަނެއްކާ މަލީހުގެ ގޮނޑި މިހާރު ވަގުތީގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ބެލުމުގެ ދަށަށް ދިޔައިރު މިއީ ސިޔާސީ ގޮތުން ކުޅޭ ގޭމެއްގެ ގޮތަށް ބެލުމުުގެ ފުރުަސަތުވެސް އެބައޮތްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

އެހެންނަމަވެސް އަނެއް ނަޒަރަކުން ވިސްނާއިރު ގޮނޑިން ދުރުކުރެވުނު ވަޒީރުންގެ މައްޗަށް ސާބިތު ހިފޭ ބޮޑު ކުށްތަކެއް އަންނާތީ މި ގޮނޑިކޮޅުތަކުން މި ބޭފުޅުން ދުރުކުރެވުނީ އެންމެ އެކަށީގެންވާ ގޮތެއްގައި އެންމެ ރަނގަޅަށް ކަމަށް ބުނެވުމުގެ ޖާގަ އެބައޮތެވެ. 

އަނެއްކޮޅުން އިއްޔެ މަލީހު ދުރުކުރެވިގެންދިޔައިރު މަލީހުގެ ދިފާއުގައި ބަސްބުނުމަށް އަދި ގޮނޑި ދިފާއުކޮށްދެއްވުމަށް ޖޭޕީގެ ގިނަބޭފުޅުން މަޖިލީހުގައި ނެތްކަމީ ވެސް ޖޭޕީން އެބޭފުޅުންގެ ވަޒީރު ދިފާއު ކުރަން ބޭނުން ނުވާކަމަށް ބުނެވިދާނެ ނުކުތާ އެކެވެ. މިކަން މިހެން އޮތްއިރު މިއީ ސިޔާސީ ގޮތުން ކުޅުއްވާ ގޭމެއްތޯ؟ ނުވަތަ ހަމަ ހަގީގަތުގައި ވެސް އެންމެން މިކަން ބޭނުންވި ގޮތްތޯ؟

ކޮންމެއަކަސް މިހާރު ފެންނަން ހުރި އަދި ދެކެވޭ ވާހަަކަތަކަށް ބަރޯސާވާއިރު، މަލީހުގެ ކުށަކީ ނުވަތަ އަދަބު ދެވި ވަޒީރުގެ ގޮނޑިން ދުރުކުރެވުނީ ޒިންމާ އަދާނުކުރެއްވުމާއިއެކު ޖަވާބުދާރީ ކުރުވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިންވެސް ޖަދަލު ކުރައްވާ، އެ މަސައްކަތް ކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށްވެސް ހުރަސް އެޅުއްވުމުން ކަމަށް މިއޮތީ ނިންމާފައެވެ. މިއީ މާއްދާ 27 ގެ ބޭނުންކުރެެއްވުމުން ނުވަތަ އިންޓަނެޓް އަގުހެޔޮ ނުވުމުން ލިބުނު އަދަބެެއް ނޫންނެވެ. 

އެެހެންނަމަވެސް މިގޮތަށް މިފަަދަ ބޮޑު ތުހުމަތު ތަކެއް ކުރެވިގެންދާއިރު މަލީހު ޒިންމާ އަދާކުރެއްވިތޯ؟ ނުވަތަ އެބުނާ މުވައްޒަފުންތަކަކަށް ހުރަސް އަޅުއްވާ ބިރުދެއްކެވިތޯ؟ މިއީ އަދިވެސް މިކަމުގެ ތެރެއިން ބަލަންޖެހޭ ކަންކަމެވެ. އެއްކޮޅުގެ ބަސް އަޑުއަހައިގެން ގޮތެެއް ނިންމޭ ވަރަށް ވުރެ ބޮޑު ތުހުމަތުތަކެއް ވަޒީރަަކަށް ކުރައްވާއިރު ވަޒީރުގެ ވާހަކަތަށްވެެސް އަޑުއަހައި ހަގީގަތުގައި ކަން ހިނގަނީ ކޮން މަގަކުންތޯ ބެލުން ވަރަށް މުހިންމު ކަމަށް ފެނެއެވެ.

މިއީ ސިޔާސީ ގޮތުން އެއް ޕާޓީއަކަށް މަންފާ ހޯދުމަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ބޭނުންކޮށްގެން މޮޅު މީހާއަށް މޮޅު ގޮތް އަދި ދެރަމީހާއަށް ދެރަގޮތް ލިބިދޭފަދަ ގޮތަކަށް ކުޅެފައިވާ ގޭމެއް ކަންވެސް އެނގޭނީ އޭރުންނމތާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް