ads
ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް
"ޖިންނި މޮޔަވެފައިވާ" ލަންކާ ކުއްޖަކު މަރުވެއްޖެ
ޖިންނި މޮޔަވެފައިވާ ކަމަށް ބުނެ ސްރީ ލަންކާގެ ކުޑަ އަންހެން ކުއްޖަކަށް "ފަންޑިތަ ހެދުމުން" ލިބުނު އަނިޔާތަކުގައި އެ ކުއްޖާ މަރުވެއްޖެ އެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން ނުވަ އަހަރުގެ ކުއްޖާ މަރުވީ ހަށިގަނޑުން ޖިންނި ބޭރު ކުރަން ދަނޑިއަކުން ތެޅުމުން ލިބުނު އަނިޔާގައި ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އެ ކުއްޖާގެ މަންމަ އާއި ފަންޑިތަ ހެދުމުގައި އިސްކޮށް އުޅުނު އަންހެން މީހެކެވެ.

ފުލުހުން ބުނީ އަންހެން ކުއްޖާގެ ހަށިގަނޑުގައި ޖިންނިއެއް އުޅޭ ކަމަށް އެ ކުއްޖާގެ މަންމަ ގަބޫލުކުރި ކަމަށެވެ. ދަނޑިން ތެޅުމުން ހޭނެތިފައި އޮތް ކުއްޖާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ. 

އެ ހާދިސާ ހިނގީ ވެރިރަށް ކޮލޮމްބޯގެ 40 ކިލޯމީޓަރު ދުރުން ޑެލްގޯޑާ ނަމަކަށް ކިޔާ އަވަށެއްގަ އެވެ. ފަންޑިތަ ހެދި އަންހެން މީހާއަކީ އެ އަވަށުގައި އެކަމަށް މަޝްހޫރު އަންހެނެކެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި ފަންޑިތައިގެ ނަމުގައި އަންހެން ކުއްޖާގެ ނިތްކުރި މައްޗަށް ތެޔޮ އަޅާ ދަނޑިއަކުން ތަޅާ އަނިޔާކޮށްފައި ވެއެވެ.

އެ ކުއްޖާގެ ރުއިމުގެ އަޑުތައް އިވެން ފެށުމުން އަވައްޓެރިން އެކަން ހުއްޓުވަން އުޅުނު ނަމަވެސް، އެ ކުއްޖާ ސަލާމަތް ކުރެވޭ ގޮތް ނުވި ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައި ވެއެވެ. 

ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި އެ އަވަށުގައި މީގެ ކުރިން ވެސް އެފަދަ ހާދިސާތަކެއް ހިނގާފައި ވެއެވެ. އަދި އޭގެ ސަބަބުން ބައެއް މީހުން މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް