ads
2019 އަހަރުގެ ނޫސްވެރިކަމުގެ އިނާމް ލިބުނު ނޫސްވެރިން--
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީޑިއާ ކައުންސިލުން ދޭ، 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުއެވެ. މިފަހަރު ނޫސްވެރިކަމުގެ އިނާމް 11 ދާއިރާއަކުން ދޭގޮތަށް ވަނީ ކަނޑައަޅާފައެވެ. 

އިނާމް ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތައް:

  1. ތަހްގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާނަލިޒަމް)
  2. ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ
  3. ޝަރުއީ އަދި ޤާނޫނީ
  4. ވިޔަފާރިއާއި އިޤުތިޞާދު
  5. ކުޅިވަރު
  6.  ފޮޓޯ ޖާރނަލިޒަމް
  7.  ވީޑިއޯ ޖާރނަލިޒަމް
  8. އޯޑިއޯ ޖާނަލިޒަމް
  9. ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  10. ފީޗަރ / ރިޕޯޓް
  11. އެންމެ އުންމީދީ ނޫސްވެރިޔާ

އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުން ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ. އެ ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މިހާރުވަނީ އާއްމުކޮށްފައެވެ.

އެހެންކަމުން، އެއިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މިއަހަރުގެ މާރިޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވާ ގޮތަށް ހަމަޖައްސާފައިވަނީ  އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު އެެވެ.  

މެއި މަހުގެ ތިން ވަނަ ދުވަހު ނޫސްވެރިކަމުގެ އިނާމް ދިނުން ބާއްވަން ނިންމާފައިވާއިރު އެ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 

މެއި މަހުގެ ތިނެއްގައި އާންމުކޮށް އެ ހަފްލާ ބާއްވަމުން އައި ނަމަވެސް މިދިޔަ އަހަރު، 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 08 ވަނަ ދުވަހުއެވެ. 

އެ ހަފްލާތެރެއިން ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ހަނދާނުގައި ހާއްސަ ފިލައެއް ވެސް އާއިލާއަށް އަރުވާފައެވެ. އެ ފިލާ، ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒާ ހަވާލުކޮށްދެއްވީ އެމްއެމްސީގެ ރައީސް ރަައީސް ހިދާޔަތުﷲއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް