ads
މައްސަލަތައް ބެލުމަށް ‏އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދޭ ބާރުތައް ސެކްރެޓަރީ ޖެނެރަލްއާއި ހަވާލުކުރަނީ---
މައްސަލަތައް ބެލުމަށް ‏އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދޭ ބާރުތައް ސެކްރެޓަރީ ޖެނެރަލްއަށް!
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަރަށް މައްސަލަތައް ބެލުމަށް ލިބިދޭ ބާރުތައް އެގާނޫނުގެ 63 ވަނަ މާއްދާގެ (ހ)ގެ ދަށުން ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާއީލަށް މިއަދު ހަވާލުކުރައްވައިފި އެވެ.

އެގޮތުން ހަވާލުކޮށްފައި ވަނީ ޤާނޫނުގެ 58 ވަނަ މާއްދާއާއި 60 ވަނަ މާއްދާއާއި 62 ވަނަ މާއްދާގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް މައްސަލަ ބެލުމަށް ލިބިދޭ ބާރުތަކެވެ. އެހެން ނަމަވެސް ގާނޫނުގެ ދަށުން މައްސަލަތައް ނިންމުމުގައި ގޮތެއް ކަނޑައަޅުއްވާނީ އިންފޮމޭޝަން ކޮމިޝަނަރެވެ.

މި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އައިކޮމަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުމައި، ތަހުގީގު މަރުހަލާތައް ފުރިހަމަކުރުމާއި މައްސަލައާ ގުޅޭ ގޮތުން އާންމު އަޑުއެހުންތައް ބޭއްވުން ހިމެނޭނެއެވެ.

އިދުރީސް އިސްމާއީލަކީ މީގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް އަދާކުރެއްކުރެއްވި ބޭފުޅެކެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 13 ޖުލައި 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ބޭނުމަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ހުރި ހުރިހާ ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވައި ދިނުމެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ރުހުން ދިނުމުން ފަސް އަހަރުގެ މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވީ ހުސައިން ފިޔާޒު މޫސާ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފިޔާޒު ގެންދަވަނީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ބާރުއެޅުމުގެ ގޮތުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. މައުލޫމާތު ހާމަނުކުރާ އިދާރާތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަންވެސް ފިޔާޒު ވަނީ ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް