އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ އެއީ 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫއުތަށް އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލްތައް މެދުވެރިކޮށް ތަންފީޒްކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރަށު ކައުންސިލްތަކާއި ހަވާލުކުރެވުނު މަސައްކަތެއް ކަމަށެވެ.
ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމު ކުރުމަށް އެންވަޔަރަންމަންޓު މިނިސްޓްރީއާއިއެކު އެމްއޯޔޫގައި ސޮއިކޮށްފައިވާ ރަށްތަކަކީ:
ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ ދަށުން 9 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމު ކުރުމަށް އެންވަޔަރަންމަންޓު މިނިސްޓްރީން ކައުންސިލްތަކާއިއެކު މިއަދު ސޮއި ކުރި އެމްއޯޔޫގެ ޖުމުލަ އަގަކީ 10.5 މިލިއަން ރުފިޔާއެެވެ. މި އެމްއޯޔޫގެ ދަށުން އެ ކައުންސިލްތަކުން ތަންފީޒްކުރާ މަޝްރޫއުތަކުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަަމަޖެހިފައިވަނީ އެ ކައުންސިލަކުން ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި އެ އެމްއޯޔޫގެ ދަށުން މިނިސްޓްރީގެ ދައުރައަކީ، ކޮންމެ ރަށެއްގައިވެސް މަޝްރޫއު ކުރިއަށްދާގޮތް ބަލައި މޮނިޓާ ކުރުމާއި އެ ރަށަކަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައި އޮންނަ އުސޫލަކުން އެ ރަށަކަށް ޓްރާސްފާން ކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.