ads
ފޮޓޯ: ޓްވިޓާ
އަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ޢަދާލަތު ޕާޓީގެ ތިން ވަނަ ދައުރުގެ އަންހެނުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުގައި ހިމެނޭނީ 21 މެމްބަރުންނެވެ. އެ މެމްބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ގައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އަންހެނުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ކުރިމަތިލެވެނީ އެ ޕާޓީއަށް ނިސްބަތްވާ އަންހެން މެންބަރުންނަށެވެ. އެ ޕާޓީން ބުނީ، އަންހެނުންގެ މަޖިލީހުގެ މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމް، މާރިޗު ނުވައެއް ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެޑްމިންއަށް އަށް އީމެއިލް ކުރެއްވުން އެދޭކަމަށެވެ. ނުވަތަ ގޫގުލް ފޯމް ފުރުމުންވެސް އެ މަގާމަށް ކުރިމަތިލެވޭނެކަމަށް އެ ޕަޓީން ބުނެއެވެ. 

އެ ޕާޓީން ވަނީ ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ފަނޑިޔާރުންގެ މަޖިލިސް މެންބަރު ކަމަށާއި ޒުވާނުންގެ މަޖިލިސް މެންބަރު ކަމަށް ވެސް ފުރުސަތު ހުޅުވާލާފައެވެ. އެ ޕާޓީގެ ދެވަނަ ދައުރު ނިންމައި ތިންވަނަ ދައުރު ފެށުމަށްޓަކައި ބާއްވާ ގައުމީ މަޖިލީސް، އޮންނާނީ، މިއަހުރުގެ މާޗް 11 އިން 13 އަށެވެ. 

އަދާލަތު ޕާޓީން ބުނީ، ގައުމީ މަޖިލިސްގެ އެޖެންޑާގައި ހިމެނޭ އެއް އައިޓްމަކީ ގައުމީ މަޖިލީހަށް ހުށަހެޅޭ ކަރުދާސްތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން ކަމަށްވާތީ، އަދާލަތު ޕާޓީގެ ތިންވަނަ ގައުމީ މަޖިލިސްއަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަހަރުގެ މާޗު 10 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ކަރުދާސް ހުށައެހެއްވުން އެދޭ ކަމަށް އެ ޕާޓީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް