ads
ފޮޓޯ: މީސްމީޑިއާ
ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލިސްއަށް ކުރިމަތިލުމަށް ހުޅުވާލައިފި
ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ޒުވާނުންގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޒުވާނުންގެ މަޖިލީހުގައި ހިމެނޭނީ 21 މެމްބަރުންނެވެ. މި މެމްބަރުން ހޮވާނީ މިކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ޤައުމީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ޒުވާނުންގެ މަޖިލީހުގެ މެންބަރަކަށް ވުމަށް ކުރިމަތިލެވެނީ އެ ޕާޓީއަށް ނިސްބަތްވާ 35 އަަހަރުވެފައި ނުވާ  މެންބަރުންނަށެވެ. އެ ޕާޓީން ބުނީ، ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމް، މާރިޗު ނުވައެއް ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން، ޢަދާލަތު ޕާޓީގެ މައި އިދާރާއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެޑްމިންއަށް އަށް އީމެއިލް ކުރެއްވުން އެދޭކަމަށެވެ. ނުވަތަ ގޫގުލް ފޯމް ފުރުމުންވެސް އެ މަގާމަށް ކުރިމަތިލެވޭނެކަމަށް އެ ޕަޓީން ބުނެއެވެ. 

އެ ޕާޓީން ވަނީ ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ ފަނޑިޔާރުންގެ މަޖިލިސް މެންބަރު ކަމަށާއި އަންހެނުންގެ މަޖިލިސް މެންބަރު ކަމަށް ވެސް ފުރުސަތު ހުޅުވާލާފައެވެ. އެ ޕާޓީގެ ދެވަނަ ދައުރު ނިންމައި ތިންވަނަ ދައުރު ފެށުމަށްޓަކައި ބާއްވާ ގައުމީ މަޖިލީސް، އޮންނާނީ، މިމަހުގެ 11 އިން 13 އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް