ads
ޝްރައްދާ އާ ބައްޕަ ޝަކްތީ-
އުފަން ދުވަހު ޝްރައްދާ ބައްޕަ ކައިރިން އެދުނު ހަދިޔާއަކީ މިއީ!
މިއަދަކީ ޝްރައްދާ ކަޕޫރުގެ 34 ވަނަ އުފަން ދުވަހެވެ.
ޝްރައްދާ އަށް މިއަދު 34 އަހަރު ފުރޭ އިރު އޭނާ މިވަގުތު ހުރީ ރާއްޖޭގެ ރިޒޯޓެއްގައެވެ. ޝްރައްދާ ރާއްޖެ އައިސް އުޅެނީ އޭނާގެ ތިމާގެ މީހެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް އާއިލާއާ އެކުގައެވެ.
ޝްރައްދާގެ ބައްޕަ ޝަކްތީ ކަޕޫރު ހިންދުސްތާން ޓައިމްސް އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ “މިއީ ވަރަށް ހާއްްސަ އުފަން ދުވަހަކަށް ވެގެން ދާނެ” ކަމަށެވެ. އެއީ މުޅި އާއިލާ އެކީ ރާއްޖޭގައި އުފަން ދުވަސް ފާހަގަ ކުރުމުގައި ބައިވެރިވާނެތީ ކަމަށް ޝަކްތީ ބުނެއެވެ.

އުފަން ދުވަހުގެ ހަދިޔާއަކަށް ޝްރައްދާ އެދުނީ އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން ކަމަށް ޝަކްތީ ބުނެއެވެ. 

ޝްރައްދާ އަކީ އޭނާ އަށް ލިބުނު ނިއުމަތެއް ކަމަށާއި އޭނާއާ މެދު ފަހުރުވެރިވާ ކަމަށް ޝަކްތީ ބުނެއެވެ.

ޝަކްތީ ބުނީ މިފަހަރު ޝްރައްދާގެ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ކައިވެނީގެ ހަފްލާ އާ އުފަން ދުވަހާ ދިމާވާތީ އޭނާ ވަރަށް އުފާވާކަމަށް ޝަކްތީ ބުނެއެެވެ.

ޝަކްތީ ބުނީ އޭނާ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޝްރައްދާ ކައިވެނި ކުރާ ދުވަސް ކަމަށެވެ.

85%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް