ads
މިނިސްޓަރު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަތޮޅުތެރޭގައި ގެދޮރު އަޅަން 1.5 ބިލިއަން ރުފިޔާ ހަމަޖައްސަނީ
އަންނަ އަހަރަށް 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއުއެއް އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގަން ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އަދި މިފަހަރުގެ ލޯނު ހާއްސަކޮށްފައިވަނީ އަތޮޅުތެރޭގައި އަމިއްލަ ބިން ބިމުގައި ގޯތި އިމާރާތް ކުރުމާއި އިމާރާތް ކޮށްފައިވާ ގެތަށް މަރާމާތު ކުރުން ފަދަ އިތުރު މަސައްކަތްތަކަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ގެދޮރު އަޅަން 175 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ތައްޔާރުވަމުންދާ ކަމަށާއި އެ ލޯނު ކުރިއަށް ގެންދާނީ އެޗްޑީއެފްސީގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަސްްލަމް ވިދާޅުވީ އަންނަ އަހަރަށް 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނާނެ ކަމަށެވެ. 

އަދި އެ މަޝްރޫއުގެ ދަށުން ރޯ ހައުސް އާއި ފްލެޓް އަޅާނެ ކަމަށާއި ފްލެޓް އަޅާނެ ރަށްރަށާއި ރޯ ހައުސް އަޅާނެ ރަށްރަށް ދެނެގަނެ އެ ރަށްރަށުގައި ފްލެޓާއި ރޯ ހައުސް އަޅަން ޖެހޭނެ މިންވަރު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމާއެކު ޓެންޑާއަށް ހުޅުވާލާނެ ކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ދިވެހި ކުންފުނިތަކަށް ހުޅުވާލައިގެން ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް