ads
ހދ. އިސް މެޖިސްޓްރޭޓް އަލީ އާދަމް
ހދ. އިސް މެޖިސްޓްރޭޓް އަލީ އާދަމް އަމިއްލައަށް އަމުރު ނެރެ، އަމިއްލައަށް ބާތިލުކޮށްފި
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ އާދަމް، އިހުތިސާސް ނެތް ކަމެއްގައި އަމުރެއް ނެރުމަށް ފަހު، ފަހުން އެ އަމުރު އަލުން ބާތިލުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމަކީ، އޭނާގެ ސުލޫކީ މައްސަލަތަކެއް ބަލަމުން ދަނިކޮށް، ދާދި ފަހުން ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކޮށްފައިވާ މެޖިސްޓްރޭޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މި ދިޔަ މަހުގެ 25 ވަނަ ދުވަހު ނެރުނު ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރަކީ އެ ކޯޓަށް އިހުތިސާސް ލިބިގެން ނުވާ ކަމެއްގެ މައްޗަށް އިސް މެޖިސްޓްރޭޓް އަލީ އާދަމް ނެރުނު އަމުރެކެވެ. އަދި އެކަން އެނގުމުން އޭނގެ ތިން ދުވަސް ފަހުން އަލީ އާދަމްވަނީ އަމިއްލައަށް އެހެން އަމުރެއް ނެރެ ކުރީގެ އަމުރު ބާތިލުކޮށްފައެވެ. އިހުތިސާސް ނެތް އަމުރު ބާތިލުކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ އިހްތިސާސް ނެތް އަމުރަކަށް އެދިފައިވާތީ އެ އަމުރު ބާތިލުކުރި ކަމަށެވެ.

މި ކޯޓުގެ ނަންބަރު BF-2021/13 (25 ފެބުރުއަރީ 2021) ކޯޓު އަމުރަކީ ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ދަށުން މި ކޯޓުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭކަމެއްގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ އަމުރަކަށްވާތީ އިސްވެ ދެންނެވުނު އަމުރު ބާތިލުކޮށްފީމެވެ.

އަލީ އާދަމަށް ހދ. އިސް މެޖިސްޓްރޭޓްކަން ދީފައިވަނީ މި ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަލީ އާދަމް، އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރުމުގެ އެއް މަސް ދުވަސް ކުރިން އަލީ އާދަމާ ގުޅޭ ސީރިޔަސް ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ތަހުގީގު ކުރަން ފެށިއެވެ. 

އަލީ އާދަމާ ގުޅޭ ސީރިޔަސް ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށިނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ޖޭއެސްސީން ފަހުން ހާމަކޮށްފައެއް ނުވެއެވެ. ޖޭއެސްސީން ތަހުގީގު ކުރަން ފަށާފައިވާ އަލީ އާދަމާ ގުޅޭ ސުލޫކީ މައްސަލަތަކަކީ، އަލީ އާދަމް މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ފަދަ ޚިޔާލުތައް ހިއްސާކުރި މައްސަލަތަކެއްގެ އިތުރުން އަލީ އާދަމް ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވާ މައްސަލައާއި އަދި ތަފުރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން މައްސަލައެކެވެ. މި މައްސަލަތައް ތަހުގީގު ކުރަމުންދަނިކޮށް އޭނާއަށް އިސް މެޖިސްޓްރޭޓްކަން ދިނީ ކީއްވެގެން ކަމެއް ޖޭއެސްސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
71%
ވަރަށް ސަލާމް
ކޮމެންޓްސް