ads
ބިދޭސީންތަކެއް މަސައްކަތް ކުރަނީ
ދިވެހިން ނެތިގެން ނޫނީ ބިދޭސީންނަށް ވަޒީފާ ނުދެވޭގޮތް ހަދަނީ
ދިވެހިން ލިބެން ނެތް ދާއިރާތަކުން ނޫން ގޮތަކަށް ބިދޭސީންނަށް މަސައްކަތްކުރަން ނުދެވޭ ގޮތަށް ހަދަން މަަސައްކަތްކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގައި ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ ރ. އަތޮޅުގެ ޒުވާނުންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ދިވެހިންނަށް ވަޒީފާ ލިބުމުގައި ދަތިތައް ކުރިމަތިވާ ވާހަކަ ފާހަގަކޮށްފަ އެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެކައުންޓެންޓުން ތަމްރީންކުރުމާއި އަދި ޕްރައިވެޓް ސެކްޓާއަށް ދިވެހިން ނެރުން ހިމެނޭ ކަމަށެވެ. 

ޖޮބް ސެންޓަރުގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ އެ ސެންޓަރުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްދާނީ ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރަޖިސްޓްރީވެގެން ކަމަށެވެ. 

އަދި ބޭރު މީހުން ވަޒީފާއަށް ގެނައުމުގެ ގަވާއިދުތަކަށް ވެސް ބަދަލު ގެންނާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ ޖޮބް ސެންޓަރުގައި ވަކި ހުނަރެއް ހުރި ދިވެއްސަކު ރަޖިސްޓްރީވެއްޖެނަމަ، އެ ވަޒީފާއަށް ބޭރު މީހަކަށް ކުރިމަތިނުލެވޭނެ ކަމަށެވެ. އަދި އެ ވަޒީފާއެއް ބޭނުންވާ ދިވެއްސަކު ނެތް ހާލަތެއްގައި ނޫން ގޮތަކަށް ބޭރު މީހަކަށް ވަޒީފާ ނުދޭނެ ގޮތަކަށް ހެދުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ. 

ރާއްޖޭގައި ގިނަ ވަޒީފާތަކެއްގައި މިހާރު ވެސް ގިނަ އަދަދަކަށް ބޭރު މީހުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ހިމެނެ އެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް