ads
ހިރިޔާ ސްކޫލްތަކުގެ ދަރިވަރުން:-
އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އޭލެވެލް އިމްތިހާންގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓްރު މުހައްމަދު އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގައި މޭޖޫންގައި ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނަށް ޕަބްލިކް އެގްޒަމިނޭޝަނުން ވާންޖެހޭ ތައްޔާރީތައް ދަނީ ވަރަށް ހަލުވި ކަމާއެކު ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން އިއްޔެއިން ފެށިގެން ވާނީ އިމްތިހާމުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޮނުވުމަށް ހުޅުވާލައިފައި ކަމަށެވެ. އަދި އެޕްލިކޭޝަން ވީހާވެސް އަވަހަށް ފޮނުވުމަށް ވެސް އިހުސާން އިލްތިމާސް ކުރެއްވި އެވެ.

"ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކަށް އިމްތިހާނުގައި ބައިވެރިވުމަށް ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފަ. އެއީ އިމްތިހާނު ގެންދެވޭނެ ގޮތެއް ސީދާ ކަޝަވަރު ނުވާތީ" - އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓްރު މުހައްމަދު އިހުސާން-

އިންތިހާނުގައި ބައިވެރިވުމަށް ވަނީ ސްކޫލުތަކައް 11 މާޗުގެ ނިޔަލަށް ތާރީހު ކަނޑައެޅިފައެވެ. މިކަން އެފަރާތްތަކައް އަންގާފައިވާނެ ކަމަށެ ވެސް އެޑިއުކޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް