ads
އާޒިމް އަދި ޝިޔާމް
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރަކީ ވަރަށް "ރޭސިސްޓު ބޭފުޅެއް": ޝިޔާމް
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަކީ ރޭސިސްޓު ބޭފުޅެއްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މަޖިލީހުގައި "މަޑުއްވަރި ދާއިރާ ގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުން ހަރުދަނާ ކުރުމަށްޓަކައި ހުށަހެޅި ގަރާރަށް އާޒިމް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު އެވެ. 

"އަޅުގަނޑު ފާހަގަކުރަން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ޑީއާރު ޕީގަ އުޅުއްވި އިރު ކަންތައް ކުރެވިގޮތް އަދި ހަނދާން އެބަހުރި.. އެމްޑީޕަ ގުޅުއްވިއިރު ކަންތައްތައް ކުރެއްވި ގޮތް އަދި ހަނދާނެއް ނެތް. ވަރަށް ރޭސިސްޓު ބޭފުޅެއް. މާފުކުރައްވާ އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވާ،" - ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް-

ޝިޔާމް މިހެން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވަނީ މަޖިލީހުގައި މެންބަރުންނާއި މުހާތަބު ކުރައްވާއިރު އިހުތިރާމާއެކު މުހާތަބު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. 

"ތިފަދަ އިބާރާތްތައް ބޭނުން ނުކުރެއްވުން އެދެން،" - ހަސަން އަފީފް-

ޝިޔާމް މިހެން ވިދާޅުވުމުން އާޒިމް ވިދާޅުވީ އޭނާ އެއްދުވަހަކު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ"ރޭސިސްޓު" ވާހަކަތަކެއްކަމަށް ދޭހަވީ ކޮންމެ ބޭފުޅެއްގެ ފަރާތުން މައާފަށް އެދޭކަމަށެވެ. 

"އަޅުގަނޑު ގަބޫލެއް ނުކުރަން ކެލާ ޝަރީފް ބުނީމަ އެއީ ކެލާ ދަށްކޮށްލީކަމަކަށް. ރަށެއްގެ މީހަކު ދަށްކޮށްލީ ކަމަކަށް. ކުޑަހުވަދޫ ޝާތިރޭ ބުނީ މަ އެއީ ޝާތިރު ދަށްކޮށްލީކަމަކަށް. އެހެން އެގޮތަށް ދެކެވެނުނު ބޭފުޅުންގެ ފަރާތުން އަޅުގަނޑު މައާފަށް އެދެން،" -އަލީ އާޒިމް-
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް